އިތުރު 59 މީހަކު ޕޮޒިޓިވް ވެއްޖެ

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު 59 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭ އިން މިރޭ އާންމުކުރި ކޮވިޑް19ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު ނެގި 3،318 ސާމްޕަލް އިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހަދުން ނުވަ މީހެކެވެ. އަތޮޅު ތެރެއިން ޕޮޒިޓިވްވެފައިވަނީ ނުވަ މީހުންނެވެ.
ރިސޯޓުތަކުން ޕޮޒިޓިވްވި 33 މީހުންގެ ތެރެއިން 27 މީހުންނަކީ އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުގެ މުވައްޒަފުންނެވެ.
އެޗްޕީއޭ އިން ބުނީ، އެ ރިސޯޓުން ފުރަތަމަ ކޮވިޑް ކޭސްއެއް ފެނުނީ މިމަހު ތިން ވަނަ ދުވަހު އެ ރިސޯޓުގެ މުވައްޒަފަކު ރާއްޖެއިން ބޭރަށް ދަތުރުކުރުމަށްޓަކައި ހެދި ކޮވިޑް ޓެސްޓުން ކަމަށެވެ. އެ ކޭސްއާ ގުޅިގެން އޭނާއާ ކޮންޓެކްޓްވި އަށް މީހުން ކަރަންޓިން ކުރެވުނު ކަމަށް އެޗްޕީއޭއިން ބުންޏެވެ.