އަމީނިއްޔާ ސްކޫލްގެ ޓީޗަރެއް ޕޮޒިޓިވްވެ، އިތުރު ޓީޗަރުން ކަރަންޓީނަށް

އަމީނިއްޔާ ސްކޫލް
އަމީނިއްޔާ ސްކޫލް
ބުރާސްފަތި , 14 ޖެނުއަރީ 2021 | 00:41

އަމީއްޔާ ސްކޫލްގެ ޓީޗަރެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެޓީޗަރާއި ކޮންޓެކްޓްވި އިތުރު ޓީޗަރުންތަކެއް ކަރަންޓީނަށް ލައިފިއެވެ.

އަމީނިއްޔާ ސްކޫލުގެ ގްރޭޑް ތިނެއްގެ ޓީޗަރެއް ޕޮޒިޓިވްވެގެން އެ ސްކޫލުގެ ގިނަ ޓީޗަރުން 14 ދުވަހަށް ވަނީ ކަރަންޓީނު ކޮށްފަ އެވެ.

ކަރަންޓީން ކުރެވުނު އިތުރު ޓީޗަރުންނާއި ދިމާވެފައި ވަނީ ސްކޫލުން ބޭރުގައިކަމަށާއި، ސްކޫލްގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައި ވާތީ އެއްވެސް ދަރިވަރެއް ކޮންޓެކްޓްއެއްގެ ގޮތުގައި ނުބެލެވޭ ކަމުގައި އެޗްއީއޯސީ ބުނެ އެވެ.

އެޗްއީއޯސީ އިން ބުނީ އެ ޓީޗަރަށް އިތުރު ޓީޗަރުންނާ ދިމާވެފައި ވަނީ ސްކޫލުން ބޭރުގައި ކަމަށެވެ.

މި ކޭސްއާއި ގުޅިގެން ކަރަންޓީން ކޮށްފައި ވަނީ ކިތައް ޓީޗަރުންކަމެއް ސާފެއް ނުވެ އެވެ.