10.9 މިލިއަން ރުފިޔާގެ ކޮެކެއިން އަތުލައިގެންފި

މަސްތުވާތަކެތި އަތުލައިގަތުން
މަސްތުވާތަކެތި އަތުލައިގަތުން
ބުރާސްފަތި , 14 ޖެނުއަރީ 2021 | 00:45

ބްރެޒިލްއިން ރާއްޖެ އައި ދެ މީހެއްގެ އަތުން 10.9 މިލިއަން ރުފިޔާގެ ކޮކެއިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ، އެ ދެ މީހުން އަތުން އަތުލައިގަތް މަސްތުވާތަކެތީގެ އަދަދު 3.12 ގްރާމެއް އަރާ ކަމަށެވެ.

ލަޓްވިއާއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ފިރިހެން މިހާ ރާއްޖެ އައީ މިދިޔަ ނޮވެމަބަރު މަހު ތިން ވަނަ ދުވަހުއެވެ. ކަސްޓަމްސް އިން ބުނީ، އެނާގެ އަމަލުތައް ހުރި ގޮތުން އޭނާއާ މެދު ޝައްކުކުރެވިގެން އޭނާގެ ލަގެޖް ބަލައި ފާސްކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން ފެނިފައިވާ ކަމަށެވެ. އެ ތަކެތީގެ ޖުމްލަ ބަރުދަން 2.466 ކިލޯގްރާމް ހުއްޓެވެ.

ބްރެޒިލްއަށް ނިސްބަތްވާ 21 އަހަރުގެ ފިރިހެން މީހާ ރާއްޖެ އައީ މިދިޔަ ނޮވެންބަރު 28 ވަނަ ދުވަހުއެވެ. ކަސްޓަމްސް އިން ބުނީ، އޭނާގެ އަމަލުތައް ހުރި ގޮތުން އޭނާއާ މެދު ޝައްކު ކުރެވިގެން ބަލާ ފާސްކުރިއިރު، އޭނާގެ ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި ރައްކާކޮށްފައި ހުރި 66 ކެޕްސޫލް ފެނިފައިވާ ކަމަށެވެ. އެ ތަކެތިވެސް ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވްވެފައެވެ. އެނާ އަތުން ފެނުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަން 654.4 ގްރާމް ހުއްޓެވެ. އެތަކެތީގެ މަގުމަތީގެ އަގު 10.9މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އެ ދެ މީހުންނާއި އެ ތަކެތި މިހާރު ފުލުހުންނާ ވަނީ ހަވާލުކޮށްފަ އެވެ.