އެޗްއާރްސީއެމުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

އެޗްއާރްސީއެމް
އެޗްއާރްސީއެމް
ބުރާސްފަތި , 14 ޖެނުއަރީ 2021 | 00:54

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމަށް އެ ކޮމިޝަނުން އިއުލާންކޮށްފިއެވެ.

އެޗްއާރްސީއެމުން ނެރުނު އިއުލާނެއްގައި ބުނީ، އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ދެ މީހެއްގެ މައުލޫމާތު ބޭނުންވާ ކަމަށެވެ. ީ މއ. ގްރީންވިލް، އަޙްމަދު އިލްހާޒާއި، ދަފްތަރު ނަމްބަރު 856، މުޙައްމަދު ޔާމީނާ ގުޅޭނެ ގޮތެއް އެނގޭނަމަ، ކޮމިޝަނާ އެ މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ.

އަދި އެ ފަރާތްތަކުން އަމިއްލައަށްވެސް ކޮމިޝަނުގެ ހިލޭ ގުޅޭ ނަމްބަރު 1424 ށް ގުޅުމަށް އިއުލާނުގައި އެދިފައިވެއެވެ.