ވެކްސިނާއެކު ކޮވިޑްގެ ނުރައްކަލުންވެސް އަރައިގަނެވޭނެ: ޔުމްނާ މައުމޫނު

މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު
މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު
ހޯމަ , 01 ފެބްރުއަރީ 2021 | 21:47

ވެކްސިނާއެކު ކޮވިޑްގެ ނުރައްކާތެރިކަމުންވެސް އަރައިގަނެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމުނާ މައުމޫނު ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އިން ރައްކާތެރިވުމަށް މިއަދު ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވާއިރު އެކަމަށް އިޝާރާތް މިނިސްޓަރ ޔުމުނާ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވެކްސިނަކީ ވަރުގަދަ އައްޑަނައެއް ކަމަށެވެ. އަދި ނުރައްކާތެރި އެތައް ބަލިތަކެއް މާޒީގެ ތެރެއަށް ފޭދި އޭގެ ބިރުވެރިކަން ނެތިގެން ދިޔައީ ވެކްސިންގެ ސަބަބުން ކަމަށެވެ.

ކޮވިޑް19 އިން ދިފާއުވުމަށް މިއަދު ވެކްސިން ޖެހި ފަރާތްތަކުގެ ތެރޭގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ބައެއް ވަޒީރުން ހިމެނިވަޑައިގަންނަވައެވެ.