މާލެ ސަރަަހައްދުގައި ހަވީރު ހަޔަކުން އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި

ފުލުހުން މަގުމަތި ބެލެހެއްޓުމުގައި ހަރަކާތްތެރިވަނީ
ފުލުހުން މަގުމަތި ބެލެހެއްޓުމުގައި ހަރަކާތްތެރިވަނީ
ހުކުރު , 12 ފެބްރުއަރީ 2021 | 15:42

މާލެ ސަރަަހައްދުގައި މިއަދު ހަވީރު ހަޔަކުން އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާކޮށްފިއެވެ.

މާލެ ސަރަހައްދު މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއާއި، ތިލަފުއްޓާއި، ގުޅީފަޅާއި، ހުޅުލެ، ގައި ހަވީރު ހަޔަކުން ފެށިގެން ހެނދުނު ހަޔަކަށް އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާކޮށްފިއެވެ.

އެޗްޕީއޭއިން ނެރުނު ދެންނެވުމެއްގަިއ ބުނެފައިވަނީ، ދިވެހިރާއްޖޭގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލްކޮށް، އާއްމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، އެގާނުނުގެ 33 ވަނަ މާއްދާގެ ދަށުން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް 12 މާރިޗު 2020ގައި މިނިސްޓަރ އޮފް ހެލްތް އިއުލާންކޮށްފައިވީ ހިނދު، އެގާނޫނުގެ 34 ވަނަ މާއްދާގެ ޅ އާއި އެގާނޫނުގެ 12 ވަނަ މާއްދާގެ ހގެ 3 ވަނަ ނަމްބަރުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން މިހިނދުން ފެށިގެން ވަކިގޮތެއް އަންގަންދެން މިއަދު ހަވީރު ހަޔަކުން މާދަމާ ހެނދުނު ހަޔަކަށް އެއްގަމު އުޅަނދު ދުއްވުން މަނާ ކަމަށެވެ.

އަދި މި އެންގުމަށް އަމަލުކުރަން ފެށުމުން އެޗްޕީއޭއިން 2 ފެބްރުއަރީގެ އެންގުމުގެ ދަށުން 14 ދުވަހުގެ މުއްދަތަށް އަޅައިފައިވާ ފިޔަވަޅުތަކުގެ 2 ވަނަ ނަމްބަރު ބާތިލްވީ ކަމަށްވެސް ބުނެފައިވެއެވެ.