އަބްދުއްރަހީމް ހައްޔަރު ކޮށްފި

އިދިކޮޅުން މީގެ ކުރިން ކުރި މުޒާހަރާއެއްގެ ތެރެއިން އަދުރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ
އިދިކޮޅުން މީގެ ކުރިން ކުރި މުޒާހަރާއެއްގެ ތެރެއިން އަދުރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ
ހޯމަ , 22 ފެބްރުއަރީ 2021 | 18:04

އިދިކޮޅު ކޯލިޝަން ހިންގުމާއި ވަގުތީގޮތުން ހަވާލުވެ ވަޑައިގެން ހުންނެވި ޕީއެންސީގެ ރައިސް އަބްދުއްރަހީމް އަބްދުﷲ ހައްޔަރު ކޮށްފި އެވެ.

މިކަން ކަށަވަރުކޮށްދެއްވީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޕޯކްސްޕާސަން ހީނާ ވަލީދު އެވެ. ހީނާ ވިދާޅުވީ އަބްދުއްރަހީމް ހައްޔަރު ކުރީ ޕީޕީއެމް އޮފީހުގައި ހުންނެވުމަށްފަހު ގެއަށް ވަޑައިގަންނަވަން ބޭރަށް ނިކުންނެވުމާއި އެކު ކަމަށެވެ.

އެހެންނަމަވެސް އަބްދުއްރަހީމް ހައްޔަރުކުރި ސަބަބެއް ހީނާ ވިދާޅެއް ނުވެ އެވެ.

އިދިކޮޅުން މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރަމުންދާ މުޒާހަރާތަކުގެ މައްސަަލަ ވަނީ ހޫނުވެފަ އެވެ. އެ މައްސަަލައިގައި މީގެ ކުރިންވެސް އިދިކޮޅު ބައެއް ފަރާތްތަކާއިމެދު ފިޔަވަޅު އަޅާފައިވިނަމަވެސް އަދިވެސް އިދިކޮޅުން ދަނީ މުޒާހަރާ ކުރަމުންނެވެ.