މާލެ ސަރަހައްދުގެ ސްކޫލުތައް ގްރޭޑު އަށަކުން ދަށަށް ބަންދުކޮށްފި

ބިލަބޮންގް ސްކޫލު
ބިލަބޮންގް ސްކޫލު
ހޮނިހިރު , 27 ފެބްރުއަރީ 2021 | 21:02

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މި ސަރަހައްދުގެ ސްކޫލުތައް ގްރޭޑު އަށަކުން ދަށުގެ ދަރިވަރުންނަށް ބަންދު ކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކުރިއަށް އޮތް ދެ ހަފްތާ މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ސްކޫލުތަކަށް ގެންގޮސް ކިޔަވައިދޭނީ ހަމައެކަނި ގްރޭޑު އަށަކުން މަތިގެ ދަރިވަރުންނަށް ކަމަށެވެ. އަދި އިތުރު ގްރޭޑުތަކަށް ކިޔަވުން ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށްވެސް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސްކޫލުތަކުގެ ބައެއް ގްރޭޑުތަކަށް އޮންލައިންކޮށް ކިޔަވައިދޭން ހަމަޖެއްސިއިރު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައްވެސް ވަރުގަދަކޮށްފަ އެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން ފަތިރު 4:00 އާއި ހަމައަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށް ރޭގަނޑު 11:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން އެޗްޕީއޭއިން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން މިއަދުން ފެށިގެން މާލެ ސަރަހައްދުގެ ރެސްޓޯރެންޓުތަކާއި ކެފޭތަކުން ހިދުމަތް ދިނުން ރޭގަނޑު 8:00 އިން ފެށިގެން ހެނދުނު 6:00 އަށް ހުއްޓައިލަން ޖެހޭއިރު ޑެލިވަރީ ހިދުމަތްވެސް ދެވޭނީ ރޭގަނޑު 10:30 އަށް ކަމަށް އެޗްޕީއޭއިން ވަނީ ނިންމައިފަ އެވެ.

އިއްޔެ އެކަނިވެސް ރާއްޖެއިން 133 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައި މިވަނީ ކޮވިޑްގެ އާ ވޭރިއެންޓު ރާއްޖޭގައި ފެތުރެން ފެށުމާއިއެކު އެވެ.