އެމްޓީސީސީގެ ޕްރޮޖެކްޓް ސައިޓްތަކުގައި ހުރި ވަޒީފާގެ ފުރުސަތުތައް އާއްމުކޮށްފި

އެމްޓީސީސީގެ މެނޭޖިން ޑައިރެކްޓަރ އާދަމް އާޒިމް
އެމްޓީސީސީގެ މެނޭޖިން ޑައިރެކްޓަރ އާދަމް އާޒިމް
ބުދަ , 03 މާރޗް 2021 | 21:34

އެމްޓީސީސީގެ ޕްރޮޖެކްޓް ސައިޓްތަކުގައި ހުރި ވަޒީފާގެ ފުރުސަތުތައް އާއްމުކޮށްފިއެވެ.

އެގޮތުން މިވަޒީފާތަކުގެ ވޯކްއިން އިންޓަރވއުތައް މާދަމާ އިން ފެށިގެން އެގާރަ މާރޗްގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ހާމަކުރެއެވެ. މިވަޒީފާތަކުގެ ތެރޭގައި ހިމެނެނީ ހެވީ ވެހިކަލް އޮޕަރޭޓަރުން، ވެލްޑަރުން، ކާޕެންޓަރުން، މޭސަނުން، މެކޭނިކުން، އަދި އިންޖިނިއަރުން ކަމަށް އެމްޓީސީސީން ހާމަކުރެއެވެ. މިވަޒީފާތަކަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށް ޓްރެއިނިން ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށާއި މިވަޒީފާތަކުގެ އެންމެ ކުޑަ އުޖޫރައަކީ 10،000 ރުފިޔާ ކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.

މީގެ އިތުރުންވެސް އެމްޓީސީސީއަކީ ގިނަ އަދަދެއްގެ މަޝްރޫއުތަކެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގާ ކުންފުންޏަކަށްވާއިރު މިވަގުތުވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި 50 މަޝްރޫއު އެމްޓީސީސީން ދަނީ ހިންގަމުންނެވެ. މީގެ އިތުރުންވެސް 21 މަޝްރޫއެއް ކުރިއަށްއޮތް ދުވަސްތަކުގާ ފެށިގެންދާނެ ކަމަށާއި މީގެތެރެއިން 11 މަޝްރޫޢެއްގެ މަސައްކަތް މާރޗްމަހު އެކަނިވެސް ފެށޭނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.