ރައްޔިތުން މިއަދު ބޭނުންވަނީ ރީތި ނަމެއް ކިޔާ ނިޒާމެއްނޫން: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
އަންގާރަ , 06 އޭޕްރިލް 2021 | 11:38

ދިވެހިރައްޔިތުން މިއަދު ބޭނުންވަނީ ރީތި ނަމެއް ކިޔާ ނިޒާމެއް ނޫން ކަމަށާއި ރައްޔިތުން މިއަދު ބޭނުންވަނީ ފުދުންތެރި ދިރިއުޅުމެއް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާ މެންބަރު ހުސައިން ޒިޔާދު ހުށަހަޅުއްވާފައިވާ ޓްރާސްޕޯޓު އޮތޯރިޓީގެ ގާނޫނު އުވައިލުމުގެ ބިލާ ގުޅޭ ގޮތުން ބަހުސްކުރައްވަމުން ޝިޔާމް ވިދާޅުވީ ފެއިލްވެފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީ ނޫން ކަމަށާއި ފެއިލްވެފައިވަނީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކަމަށެވެ. ޝިޔާމް ވިދާޅުވީ ޅ އަތޮޅުގައި ލައިސެންސިންގެ ހިދުމަތް ހުއްޓިފައިވާތާ މިހާރު ދެމަސްވެގެން ދަނީ ކަމަށެވެ. އަލަށް ލައިސެންސް ނުނެގި އެތަކެއް ޒުވާނުންނެއް އެބަތިބި ކަމަށާއި ލައިސެންސް ނެތި ދުއްވާ ކަމަށް ވަންޏާ ޖޫރިމަނާ ވަނީ ބޯ މައްޗަށް ބަރުވެފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އަދި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ހަމައެކަނި ޓްރާންސްޕޯޓް އޮތޯރިޓީ މިހާތަނަށް ކުރެވުނު ކަމަކީ ހެލްމެޓް އެޅުން ކަމަށާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑަކީ ރައީސުލުޖުމުހޫރިއްޔާ އަށް ފުރިހަމަ ބާރު ހިނގާ ބޯޑަކަށް ވާއިރު ކަންކަން ނުވާނަމަ ބޯޑު ބަދަލުނުކުރާންވީ ކީއްވެތޯ ޝިޔާމް ވަނީސުވާލު އުފައްދަވާފައެވެ.