ރާއްޖޭގެ އާބާދީގެ 57 އިންސައްތަ މީހުންނަށް ވެކްސިން ދީފި

ކޮވިޑް ވެކްސިން ދެނީ
ކޮވިޑް ވެކްސިން ދެނީ
އަންގާރަ , 06 އޭޕްރިލް 2021 | 22:06

ރާއްޖޭގެ އާބާދީގެ 57 އިންސައްތަ މީހުންނަށް ވެކްސިން ދީފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ވެކްސިން ދެވޭ އުމުރުގެ މީހުންގެ ތެރެއިން 57 އިންސައްތަ މީހުންނަށް މިއަދާ ހަމައަށް ވެކްސިން ދީފައިވާ ކަމަށެވެ. އެގޮތުން ދެލައްކަ ފަންސާސް އެއްހާސް އެއްސަތޭކަ ތިރީސް ނުވަ މީހުންނަށް ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ. ވެކްސިން ދިނުމަށް ހުޅުވާލާފައިވަނީ އުމުރުން އަށާރަ އަހަރުން މަތީގެ މީހުންނަށެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިންގެ ފުަރަތަމަ ޑޯޒް ދޭން ފަށާފައިވަނީ ފެބުރުއަރީ އެކެއްގައެވެ.