ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 25 ހާހުން މައްޗަށް

ކޮވިޑްގައި މަރުވާ މީހުންގެ އަދަދު މައްޗަށް
ކޮވިޑްގައި މަރުވާ މީހުންގެ އަދަދު މައްޗަށް
އަންގާރަ , 06 އޭޕްރިލް 2021 | 22:16

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 25053 އަށް އަރައިފިއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު އަލަށް ޕޮޒިޓިވްވީ 145 މީހުންނެވެ. ގްރޭޓަރ މާލެ އޭރިއާއިން މިއަދު ޕޮޒިޓިްވީ 85 މީހުންނެވެ. އަތޮޅުތެރެއިން ޕޮޒިޓިވްވީ 39 މީހުންނެވެ. ރިސޯޓްތަކުން މިއަދު ޕޮޒިޓިްވީ 19 މީހުންނެވެ. މިހާރުވެސް ރާއްޖޭގައި ކޮވިޑް19 އަށް ފަރުވާ ހޯދަމުންދާ ތިންހާސް ހަތްދިހަ ނުވަ މީހުން އެބަތިއްބެވެ. މިވަގުތު ހޮސްޕިޓަލް ތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 73 މީހުނަށެވެ. މިހާތަނަށް މިބަލިން ޖެހިގެން 67 މީހުން ވަނީ ރާއްޖެއިން ނިޔާވެފައެވެ.