މޭޔަރުކަމަށް ނިކުމެ މިހުރީ މާލޭގެ ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް: ޑރ މުއިއްޒު

ޑރ. މުއިއްޒު ރައްޔިތުންނާއި ބައްދަލު ކުރައްވަނީ
ޑރ. މުއިއްޒު ރައްޔިތުންނާއި ބައްދަލު ކުރައްވަނީ
އަންގާރަ , 06 އޭޕްރިލް 2021 | 23:03

މާލޭގެ މޭޔަރު ކަމަށް ނިކުތީ މާލޭގެ ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް ކަމަށް ޕީޕީއެމްގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ މުއިއްޒު ވިދާޅުވެއްޖެއެ

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ބެލުންތެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ މުއިއްޒު ވިދާޅުވީ، ރައްޔިތުން އެމަނިކުފާނަށް އިތުބާރު ކުރައްވާ މޭޔަރު ކަން ދީފިނަމަ ރައްޔިތުން މުިބޭނުންވާ ބަދަލާއި އަމާޒަށް ފުރިހަމައަށް ވާސިލްކޮށްދޭނެ ކަމަށެވެ. މިނިސްޓަރު ކަމުގައި ހުންނެވިއިރުވެސް ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި ބަޔަކު ގޯސްކޮށް ކަމެއް ކުރާ ހިސާބުން އެކަން އެނގިއްޖެނަމަ ފިޔަވަޅު ވެސް މީގެ ކުރިންވެސް ވާނީ އަޅާފައި ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. އަބަދުވެސް އިސްކަން ދެއްވަނީ ގަވައިދާ ގާނޫނުގެ ތެރެއިން މަސައްކަތް ކުރުމަށް ކަމަށް ވާތީ ރައްޔިތުން އިންތިހާބު ކުރާ މިފަދަ މަގާމަކަށް ކުރިމަތިލެއްވީވެސް އެމަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

އެއްތަނަކުން ހުރިހާ ހިދުމަތް ދެވޭނެ ގޮތްތައް ރާވާނެ ކަމަށާއި ފުރުސަތު ލިބިއްޖަނަމަ އެއް ބޭނުމަކު ގިނަ އޮފީސްތަކަށް ރައްޔިތުން ދުވަން ނުޖެހޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.