މަޖިލީހުގެ ޖަލްސާތައް، ރޯދަމަހު ފަށާނީ 10:30ގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ބުދަ , 07 އޭޕްރިލް 2021 | 10:12

ކުރިއަށް އޮތް ރޯދަމަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށާނީ ހެނދުނު 10:30 ގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ގެންދަނީ ރަމަޟާންމަހުގެ ކުރިން ބާއްވާ ފަހު ޖަލްސާއެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ، ރަމަޟާންމަހު ޖަލްސާތައް އޮންނާނެކަމަށާއި، އެގޮތުން ފުރަތަމަ ދަންފަޅި ކުރިއަށްދާނީ ހެނދުނު 10:30 އިން މެންދުރު 12:00އަށް އަދި އެއަށްފަހު އެއްގަޑިއިރުގެ ހުސްވަގުތަށްފަހު މެންދުރު ފަހު 1:00 އިން 2:00އަށް ޖަލްސާ ކުރިއަށްދާނެކަމަށެވެ.

މިއަދު ކުރިއަށްދަނީ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 28ވަނަ ޖަލްސާއެވެ. މަޖިލީހުގެ ޖަލްސާތައް ބާއްވަމުން އަންނަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ.