ވެރިކަމާއި މަޖިލިސް ދިނުމުން ވީކަމެއް ނެތް، ކައުންސިލް ދިނީމަ ވާނީ ކީއް؟ އާދިލް ސަލީމް

އާދިލް ސަލީމް، ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާޙިމް މުހައްމަދު ސާލިހް (ފޮޓޯ: އެމްޑީޕީ)
އާދިލް ސަލީމް، ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާޙިމް މުހައްމަދު ސާލިހް (ފޮޓޯ: އެމްޑީޕީ)
ބުދަ , 07 އޭޕްރިލް 2021 | 10:48

އެމްޑީޕީއަށް ވެރިކަމާއި މަޖިލީހުގެ މެޖޯރިޓީ ދިނުމުންވެސް ވީއެއް ކަމެއްވެސް ނެތް ކަމަށާއި ކައުންސިލްތަކުގެ މެޖޯރިޓީ ދިނުމުން ވާނީ ކޮންކަމެއްތޯ އާމެދު އެމްޑީޕީގެ ފަރާތުން ގުރައިދޫ ދާއިރާގެ މަޖިލިސްގޮނޑިއަށް ވާދަކުރެއްވި އާދިލް ސަލީމް ސުވާލު އުފައްދައިފިއެވެ.

ވެރިކަމާއި މަޖިލީހަށް އެމްޑީޕީ ހޮވައިގެން ފައިދާ ނުވިއަސް ކައުންސިލަށް ހޮވައިގެން ފައިދާ ވާނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި އާދިލް ސަލީމް ވިދާޅުވީ، ފުރަތަމަ ދިނީ ވެރިކަން ކަމަށާއި ލަހެއް ނުވެ ސަރުކާރު އެކީ ކޯލިޝަނަށް ބަހާލައިފާވާ ކަމަށެވެ. އަދި މަޖިލިސް ސުޕަރ މެޖޯރިޓީ ދިނީ އެމްއެމްޕީއާރުސީ ވަގަށްނެގި ފައިސާ ހޯދަން ކަމަށާއި ކުރީގެ ރައީސް ޔާމީން ޖަލަށްލާފައި ދެ ރައީސުން ޖެހުނީ ކަމަށެވެ.

ލިސްޓްވެސް އަދިވެސް ސިއްރު ކަމަށާއި ދެން ގެއްލުނީ ވެންޓިލޭޓަރު 32 މިލިއަން ކަމަށް އާދިލް ސަލީމް ވިދާޅުވިއެވެ. އަދި ޝަރީއަތް ކުރަނީ އަބަދުވެސް ބޭރުފުށަށް ކަމަށް އާދިލް ސަލީމް ވަނީ ތުހުމަތު ކުރައްވާފައެވެ. ކައުންސިލް އިންތިހާބު ކެމްޕެއިން ބައި ބައިވެގެން އެއް ޕާރޓީ ތެރޭ ވާދަ ކޮށް ޖެއްސުން ކުރަމުންދަނީ ކާކަށް މޮޅުވާނެ ތީތޯ އާއި ނިމޭއިރު ވާނެ ގޮތެއްވެސް ނޭންގޭ ކަމަށް އާދިލް ސަލީމް ވިދާޅުވެފައިވެއެވެ.