ރޯދަމަހަށް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އިދިކޮޅުން އެދިއްޖެ

އިދިކޮޅު ކޯޅިޝަނުން މިއަދު ވަނީ ރައީސުލްޖުމުހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހު އާއި ބައްދަލުކުރައްވާފައި
އިދިކޮޅު ކޯޅިޝަނުން މިއަދު ވަނީ ރައީސުލްޖުމުހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހު އާއި ބައްދަލުކުރައްވާފައި
ބުދަ , 07 އޭޕްރިލް 2021 | 16:51

ކުރިއަށް އޮތް ރޯދަ މަހަށް ޖަލުގައި މިވަގުތު ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެއަށް ބަދަލުކޮށްދިނުމަށް އިދިކޮޅު ކޯޅިޝަނުން އެދިއްޖެއެވެ.

ޕީޕީއެމްގެ ލީޑަރޝިޕުން މިއަދު ވަނީ ރައީސުލްޖުމުހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހް އާއި ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި ބައްދަލު ކުރައްވާފައިއެވެ. މިއީ ޕީޕީއެމް އަދި ޕީއެންސީއިން އެދިގެން ބޭއްވި ބައްދަލުވުމެއް ކަމަށް އެޕާޓީން ހާމަކުރެއެވެ. ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕް އިން މިބައްދަލުވުމުގައި ވަނީ ރައީސް ޔާމީން ޖަލުގައި އޮންނެވުމަކީ ކަންބޮޑުވާ ކަމެއް ކަން ހާމަކުރައްވާފައެވެ. އެންމެ ކުޑަ މިނުން ރޯދަމަހަށް އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް ރައީސް ސާލިހުގެ އަރިހުން އެދިފައެވެ. އަދި އިދިކޮޅުން ބުނީ ގާނޫނީ އިމުގެ ތެރެއިން ކޮންދެވެން ހުރި ކަންކަން ބައްލަވާ ދެއްވާނެ ކަމަށް ރައީސް ސާލިހު ވިދާޅުވި ކަމަށެވެ.