މިއަދުވެސް ރާއްޖެއިން 138 މީހުން ކޮވިޑަށް ޕޮޒިޓިވްވި

ސިއްހީ ހިދުމަތްތެރިން މަސައްކަތުގައި ހަރަކާތްތެރިވަނީ
ސިއްހީ ހިދުމަތްތެރިން މަސައްކަތުގައި ހަރަކާތްތެރިވަނީ
ބުދަ , 07 އޭޕްރިލް 2021 | 22:07

މިއަދުވެސް ރާއްޖެއިން 138 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

މީގެ ތެރޭގައި ހިމެނެނީ މާލެ އޭރިއާއިން ބަލި ޖެހުނު 84 މީހުންނާއި އަތޮޅުތެރެއިން ބަލި ޖެހުނު 44 މީހުންނެވެ. އަދި ރިސޯޓްތަކުން މިއަދު ޕޮޒިޓިވްވީ 6 މީހުންނެވެ. މީގެއިތުރުން ސިނާއީ މަސައްކަތް ކުރާ ރަށްތަކުން މއިަދު ޕޮޒިޓިވްވީ 4 މީހުންނެވެ. ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 25191 ކެެވެ. މިހާތަނަށް ބަލި ޖެހުމަށްފަހު 22014 މީހުން ވަނީ ރަނގަޅުވެފައެވެ.

މިޙާތަނަަށް 67 މީހުން މިބަލީގައި ނިޔާވެފައިވާއިރު ހޮސްޕިޓަލްތަކުގަިއ އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 88 މީހުންނަށެވެ.