ކުރީގެ ރައީސް މައުމޫނު ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވައިފި

ކުރީގެ ރައީސް މައުމޫނު އަދި އަނބިކަނބަލުން ނަސްރީނާ އިބްރާޙިމް
ކުރީގެ ރައީސް މައުމޫނު އަދި އަނބިކަނބަލުން ނަސްރީނާ އިބްރާޙިމް
ބުރާސްފަތި , 08 އޭޕްރިލް 2021 | 14:03

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް އަދި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ކޮވިޑް19 ދިފާއު ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވައިފިއެވެ.

މިދެބޭފުޅުންވެސް ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވާފައިވަނީ މިއަދު ސެނެހިޔާ ހޮސްޕިޓަލުންނެވެ. މިހާރު ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ހުޅުވާލައިފަވަނީ ފެބުރުއަރީ މަހު އެކަކުން އެގާރަވަނަ ދުވަހުގެ ނިޔަލަށް ވެކްސިންގެ ފުަރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށެވެ. މިހާތަނަށް ވެކްސިންގެ ދެވަނަ ޑޯޒް ރާއްޖެއިން ޖަހާފައިވަނީ 10569 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ ދެލައްކަ ފަސްދޮޅަސް ހާސް ދުއިސައްތަ އަށްޑިހަ ފަސް މީހުންނަށެވެ.