އޭސީސީން ހުރިހާ ކަމެއްވެސް ކުރާނީ ރަނގަޅަށްކަން ޔަގީން ކުރަން: ނަޝީދު

ބުދަ , 19 ފެބްރުއަރީ 2020 | 22:24

އެންޓިކޮރަޕްޝަން ކޮމިޝަން އޭސީސީން ހުރިހާ ކަމެއްވެސް ކުރާނީ ރަނގަޅަށްކަން ޔަގީން ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ދައުލަތުގެ އެންމެހާ ކަންކަން ވީހާވެސް ގާތުން ރަނގަޅަށް ބެލުމަކީ އޭސީސީން ކުރާ ވަރަށް ރަނގަޅު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެހެން ހުރިހާ ކަމެއްވެސް އޭސީސީން ކުރައްވާނީ އެންމެ ރަނގަޅަށްކަން ޔަގީން ކުރައްވާ ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.