ދަޢުލަތުން ޚަރަދު ކުޑަކޮށް، 772 މިލިއަން ރުފިޔާ ބާކީވެސް ކޮށްފި

ކެބިނެޓު ބައްދަލުވުމެއްގެ ތެރެއިން
ކެބިނެޓު ބައްދަލުވުމެއްގެ ތެރެއިން
ހޮނިހިރު , 15 ފެބްރުއަރީ 2020 | 12:40

މިހިނގަ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓު ސަރޕްލަސްގެ ގޮތުގައި 772.7 މިލިއަން ރުފިޔާ ބާކީވެފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީން އާންމުކޮށްފައިވާ ދަޢުލަތުގެ އާމްދަނީ އާއި ޚަރަދުތަކުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ސަރުކާރުގެ މަސައްކަތުން ހިލޭ އެހީގެ ގޮތުގައި 2.4 ބިލިއަން ދިވެހި ރުފިޔާ ދަޢުލަތަށް ލިބިފައިވެއެވެ. އޭގެ ތެރެއިން ދަޢުލަތުން ޚަރަދުކޮށްފައިވަނީ 1.6 ބިލިއަން ރުފިޔާއެވެ.

މިއާއެކު ސާޕްލަސްގެ ގޮތުގައި 772.7 މިލިއަން ރުފިޔާ ބާކީވެފައިވާކަމަށް ތަފާސްހިސާބުގައި ބުނެފައިވެއެވެ.

ފެބުރުއަރީ 6 ވަނަ ދުވަހުގެ ނިޔަލަށް ދަޢުލަތުން ޚަރަދުކޮށްފައިވާ 1.6 ބިލިއަން ރުފިޔާއަކީ ނިމިދިޔަ 2019 ވަނަ އަހަރު މިމުއްދަތުގައި ޚަރަދުކުރި އަދަދާ އަޅާބަލާއިރު 20 އިންސައްތަ ދަށް އަދަދެކެވެ. އެއީ އަދަދުގެ ގޮތުން 428.8 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން މުޅި ދުނިޔެއަށް އަންނަ އިޤްތިޞާދީ ލޮޅުމުގެ އަސަރު ރާއްޖެއަށްވެސް ކުރާނެކަމަށް ފިނޭންސުން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ދަޢުލަތުގެ ރިކަރަންޓު ޚަރަދުތައް ކުޑަކުރުމަށް ދަޢުލަތުގެ ހުރިހާ މުއައްސަސާތަކަކަށް މިހާރު ވަނީ އަންގާފައެވެ.