މާލެއާއި ރާއްޖެތެރޭއޭ ކިޔައިގެން ދެއްކުނު ވާހަކައަށް މެމްބަރު ހުސެއިން މާފަށް އެދިއްޖެ

 ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޙުސައިން ޝަހީމް (އަނދުން ހުސޭން)
ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޙުސައިން ޝަހީމް (އަނދުން ހުސޭން)
އަންގާރަ , 11 ފެބްރުއަރީ 2020 | 15:30

މާލޭގެ ރައްޔިތުން އުޅެނުމްދަނީ ރެފިއުޖީ ހާލުގައި ކަމަށް ބަޔާންކޮށް ފަލަސްތީނާ އެއްފަދަކޮށް ދެކެވުނު ވާހަކަތަކަށް ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޙުސައިން ޝަހީމް (އަނދުން ހުސޭން) މައާފަށް އެދިވަޑައިގެންފިއެވެ.

މީގެ ކުޑަ އިރުކޮޅެއް ކުރިން މާފަށް އެދި އޭނާ ކުރެއްވި ޓުވީޓްގައި ބުނެފައިވަނީ މާލޭގެ ރައްޔިތުން ދިރިއުޅެމުންދާ ދަތިހާލުގެ ވާހަކަ ދައްކަމުން އެރައްޔިތުން އުޅެމުންދަނީ ރެފިއުޖީންނާއި އެއްގޮތަށް ކަމަށާއި އަދި މާލެ މިހާރު މިއޮތީ ޕަލަސްތީނު އާއި އެއް ހާލަތެއްގައި ކަމަށް ބުނީ މާލޭގެ ރައްޔިތުން އުޅެމުންދާ ނިކަމެތި ހާލު ބަޔާން ކޮށްދިނުމުގެ ގޮތުން ކަމަށެވެ. އަދި އެއްވެސް ގޮތަކަށް މާލެގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުން ކުޑައިމީސް ކުރަން ނޫން ކަމަށާއި ސީދާ ގޮތުންވެސް އަދި ނުސީދާ ގޮތުންވެސް އެރައްޔިތުންނަށް ކުޑައިމީސް ބަހެއް ބުނެފައެއް ނުވާނެ ކަމަށް އޭނާގެ ޓުވީޓްގައި ވެއެވެ.

އެހެންނަމަވެސް ހުސެއިން ދެއްކެވި ވާހަކަ އޮޅިފައިވާ އެންމެ ފަރާތްތަކުގެ ކިބައިން އޭނާގެ ޓުވީޓްގައި ވަނީ މައާފަށް އެދެފައެވެ. ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މާލޭގެ ރައްޔިތުންނަށް ފްލެޓެއް ނުވަތަ ބިންކޮޅެއް ނުލިބޭތާ ގިނަ އަހަރުތަކެއް ވެފައިވާ ކަމަށާއި ކޮންމެ ސަރުކާރަކުން ވެސް މާލެ ހިއްކުމަށްފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުން އެ ތަންތަނަށް ވަޒަންވެރި ކުރުވަނީ ކަމަށް ބުނެ ދެއްކި ވާހަކައާއި ގުޅިގެން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށް ސޯޝަލް މީޑިއާގައި ހުސެއިންއަށް ވަރަށް ފާޑުކިޔާފައެވެ.