މާލެ ސަރަހައްދުނޫން ތަނެއްގެ ވިޔަފާރިކުރާ ގަޑިތަަކަށް ބަދަލު ގެންނަން ނާންގާ: އެޗްޕީއޭ

އެސްޓީއޯ ފުޑްކޯޓްތައް
އެސްޓީއޯ ފުޑްކޯޓްތައް
ބުރާސްފަތި , 26 މާރޗް 2020 | 20:10

ގްރޭޓަރ މާލެ ރީޖަން ނޫން އެއްވެސް ސަރަހައްދެއްގައި ހިންގާ ކެފޭ ހޮޓާ ރެސްޓޯރަންޓް ތަކުގެ ހިދުމަތްތައް ދިނުން ހުއްޓައިލަން އެއްވެސް ސިފައެއްގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގާފައެއް ނުވާނެ ކަމަށް ބުނެފިއެވެ.

އެ އެޖެންސީން ބުނީ އެއްވެސް ސަރަހައްދެއްގައި ކެފޭ ހޮޓާ ރެސްޓޯރަންޓް ތަކުގެ ހިދުމަތްތައް ދިނުން ހުއްޓައިލަން ނާންގާ ކަމަށާއި އަދި ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލު ގެންނަން އެއްވެސް ލޯކަލް ކައުންސިލްއަކަށް އަންގާ ނުވަތަ އިރުޝާދު ދީފައެއްވެސް ނުވާނެ ކަމަށެވެ.

މީގެ އިތުރުން އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ސިއްހަތާ ބެހޭ ޓާސްކްފޯސްތަކުން އެޗްޕީއޭގެ އެންގުންތަކާއި އިރުޝާދުތަކަށް ބޯލެނބުމަށް ވަނީ ނަސޭހަތްތެރިވެފައިވެއެވެ.