ޖޭއެސްސީ އިސްލާހު ކުރުމުގެ ބިލު މަޖިލީހަށް ބަލައިގެންފި

ެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު
ެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު
ބުދަ , 14 އޮކްޓޯބަރ 2020 | 13:44

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގާނޫނު އަސާސާސީއަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހަށް އެޖެންޑާކޮށް އެ ބިލްގެ ފުރަތަމަ ކިއުން މިއަދު އިއްވައިިފި އެވެ.

ތޯރިގު ވިދާޅުވާ ގޮތުގައި ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ހުށަހެޅުއްވީ އެ ކޮމިޝަނަށް ސަރުކާރާއި މަޖިލީހުގެ ނުފޫޒު ފޯރާތީ ކޮމިޝަންގެ މިނިވަންކަމާއި މުސްތަގިއްލުކަމަށް ހުރަސް އެޅޭތީ އެވެ. ފާއިތުވި 12 އަހަރު ވެސް އެކަން ވަރަށް ބޮޑަށް ފާހަގަވެފައިވާ ކަމަށް ބިލު ހުށަހެޅުއްވި އިރު އޭނާ ވިދާޅުވެފައިވެ އެވެ.

މިނިވަންކަމާ އެކު ތިން ބާރު ވަކިން ހިންގުމުގެ ފުރުސަތު ގާނޫނުއަސާސީން ލިބޭއިރު، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު ހަމަ މަގުގައި ހިފަހައްޓަން އޮންނަ ޖޭއެސްސީ އެކުލަވާލުމުގައި ގާނޫނު ހެދުމުގެ ބާރާއި ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ތަމްސީލުކުރަނީ ސިޔާސީ ބޭފުޅުންކަމަށާއި އެ ބޭފުޅުން ބައިވެރިވެގެން ޖޭއެސްސީން ބަލާ މައްސަލަތަކާއި ނިންމާ ނިންމުންތަކަށް ނުރަނގަޅު ސިޔާސީ ނުފޫޒު ވަންނަ ކަމަށް ބިލްގައި ތޯރިގު ވިދާޅުވެފައިވެ އެވެ.

Articl Inline Image

ބިލުގައި އިތުރަށް ބުނެފައިވަނީ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގެ ޖުރިސްޓިކްޝަންތަކުގެ ޖުޑީޝަލް ކައުންސިލްތަކާއި ޖުޑީޝަލް ކޮމިޝަންތައް އެކުލަވާލުވުމުގައި ރިއާޔަތްކޮށްފައިވާ ހަމަތަކަށް ބަލައި، ނުރަނގަޅު ސިޔާސީ ނުފޫޒާއި ބާރުން އެކަހެރިވެ، ޕްރޮފެޝަނަލް ގޮތެއްގައި ޖުޑީޝަލް ސާވިސް ކޮމީޝަން މަސައްކަތްކުުރމުގެ މާހައުލު ގާއިމްކުރުމުގެ ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލަވާލެވިގެންވާ ގޮތް ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 82 ވަނަ މާއްދާގެ ދަށުން ހުށަހަޅާކަމަށެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ތަމްސީލު ކުރައްވާ މެމްބަރުން ވަނީ މަޖިލިސް ރައީސް ޖޭއެސްސީން އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފަ އެވެ. އެހެންނަމަވެސް ގާނޫނު އަސާސީ އޮތް ގޮތުން ޖޭއެސްސީން އިސްތިއުފާ ދެވެއް ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.