ބާކްލީ ލޯނެއްގެ ދަށުން އެއް ސީޒަން އަށް އެސްޓަން ވިލާއަށް

ބާކްލީ ލޯނެއްގެ ދަށުން އެއް ސީޒަން އަށް އެސްޓަން ވިލާއަށް
ބާކްލީ ލޯނެއްގެ ދަށުން އެއް ސީޒަން އަށް އެސްޓަން ވިލާއަށް
ބުދަ , 30 ސެޕްޓެމްބަރ 2020 | 21:34

ޗެލްސީގެ މިޑްފީލްޑަރު ރޮސް ބާކްލީ ލޯނެއްގެ ދަށުން އެއް ސީޒަން އަށް އެސްޓަން ވިލާ އަށް ސޮއި ކޮށްފި އެވެ.

ބާކްލީ އެވަޓަން ދޫކޮށް ޗެލްސީ އާ ގުޅިފަވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ.

މި ސީޒަނުގައި ޗެލްސީ އަށް 3 މެޗު ކުޅެދީ ބާކްލީ ވަނީ ގޯލެއްވެސް ޖަހައިފަ އެވެ. ބާކްލީ ގޯލު ޖަހައިފައި ވަނީ ޗެލްސީ 6-0 ކުން ބާންސްލީ ބަލިކުރި މެޗުގަ އެވެ.

ޗެލްސީ އިން މި ސީޒަނުގައި ހަވާޓްސް އާއި ޒިޔެޗް އަދި ވާނާ ގެނައުމުން ބާކްލީ އަށް ޗެލްސީ އިން ޖާގަ ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

އެސްޓަން ވިލާ އިން މި ޓްރާންސްފާގައި މިވަނީ ފަސް ކުޅުންތެރިޔަކު ގެނެސްފައެވެ. މީގެ ތެރޭގައި ލިއޯންގެ ބާޓްރަންޑް ޓްރަޔޯރ،ޭ ބްރެންޓްފޯޑްގެ އޮލީ ވަޓްކިންސް، އާސެނަލްގެ އެމީލިއާނޯ މާޓިނޭޒް އަދި ނޮޓިންގްހަމްގެ މެޓީ ކޭޝް ހިމެނެ އެވެ.

ބާކްލީ ވަނީ ޗެލްސީ އަށް 86 މެޗު ކުޅެދީ 11 ގޯލު ޖަހައިދީފައެވެ. އަދި އެވަޓަންގެ ސީނިއާ ޓީމަށް 179 މެޗު ކުޅެދީ 27 ގޯލު ޖަހައިދީފައެވެ.