ކުރިއަށްއޮތް ރޯދަމަހު ނިކަމެތި އާއިލާއަކަށް ހަދިޔާ ވަށްޓެއް ފޯރުކޮށްދެމާ!

މާސީން ވަނީ ނިމުނު ދެއަހަރުވެސް ހަދިޔާވަށި އެކި އާއިލާތަަކަށް ފޯރުކޮށްދީފައި
މާސީން ވަނީ ނިމުނު ދެއަހަރުވެސް ހަދިޔާވަށި އެކި އާއިލާތަަކަށް ފޯރުކޮށްދީފައި
ހުކުރު , 02 އޭޕްރިލް 2021 | 11:19

ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަހެވެ. މުސްލިމުންނަށް އަންނަ އެންމެ ބަރަކާތްތެރި މައްސަރުކަން ގައިމެވެ. އެކަކު އަނެކަކަށް އެހީތެރިވުމާއި އޯތެރިވުމާއި އާއިލީ ގުޅުން ބަދަހި ކުރުމަށް އޮންނަ ފުރުސަތު އިތުރަށް ހަރުދަނާ ކުރުމަށް ލިބޭ ރަނުގެ މައްސަރެކެވެ.

ދައްކަން މިއުޅެނީ ނިކަމެތި އާއިލާއަކަށް އެހީތެރިވާން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް އެފުރުރުސަތު ފަހިކޮށްދިން ކުދި ބައެއްގެ ވާހަކައެވެ. މާސީގެ ހަދިޔާވެށި ނިކަމެތި އާއިލާތަކަށް ފޯރުކޮށްދެމުން އަންނަތާ މިއީ ތިންވަނަ އަހަރެވެ. މާރސީގެ ހަދިޔާވެއްޓަށް ފައިސާ ހަދިޔާ ކުރުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. މިއީ ރަމަޟާންމަހު އަޅުގަނޑުމެންގެ މުޖުތަމައުގެ ތެރޭގައި ދަތިހާލުގައި ނިކަމެތިކޮށް އުޅޭ އާއިލާތަަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މާތް މަގުސަދުގައި މާސީން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ.

މާރސީގެ ހަދިޔާވަށި ޕްރޮގްރާމަކީ، މަތިވެރި ރަމަޟާން މައްސަރުގައި، އަޅުގަނޑުގެމެންގެ މި ކުޑަ މުޖުތަމަޢުގައި ދަތި ޙާލުގައި ދިރިއުޅުއްވާ ފަރާތްތަކަށް، ކިރިޔާވެސް ފުދިގެން އުޅުއްވާ ބޭފުޅުންނަށް ސަދަގާތްތްކުރެވޭނެ މަގެއް ހުޅުވައި، އަޅުގަނޑުމެންގެ މުޖުތަމައުން އެއްވެސް ބަޔަކު ބާކީ ނުކޮށް، އެކަކު އަނެކަކަށް އެހީތެރިވެ ހެދުމަކީ އުފަލަކަށް ހެދުން ކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ. މިއަހަރުގެ ހަދިޔާވަށި ޕްރޮގްރާމުގައިވެސް، އެންމެހާ ބޭފުޅުންގެ ދީލަތި އެހީތައް، ލިބުން އެންމެ ހައްގުވެރި ފަރާތް ހޯދުމުގައި 'ހަދިޔާވަށި ކޮމިޓީ 2021' ހީވާގި ކަމާއި، އިންސާފުވެރިކަމާއިއެކު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވަނީ އަރުވާފައެވެ. މިފަހަރު އެޖަމިއްޔާގެ އެދުމަކީ، ހަމައެކަނި ރުފިޔާއިން މި ޕްރޮގްރާމަށް އެހީތެރިވުމުގެ ބަދަލުގައި، ދަތި ހާލުގައި އުޅުއްވާކަން އެނގޭ އާޢިލާތަކުގެ ނަމުގައި ފޯރމު ހުށައަޅާ އެފަދަ ފަރާތްތަކަށް މި ޕްރޮގްރާމުގެ ތެރެއިން އެހީތެރިވުން ކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ.

އެގޮތުން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދެއްވުމަށް، ފައިސާ ފޮނުއްވާނީ، ރުފިޔާ އެކައުންޓް؛ 7770000048136 ޑޮލަރު އެކައުންޓު؛ 7770000048137 ހަދިޔާވަށްޓަށް އެދި މި ނަމްބަރުތަކަށް ގުޅުމަށްވެސް އެޖަމިއްޔާއިން ވަނީ އެދިފައެވެ. 9569516 | 9143864

މިއީ ރަނުގެ ފުރުސަތެކެވެ. ތިޔައީ ކޮން ބޭފުޅެއްކަން ނާންގާ ކޮންމެވެސް ނިކަމެތި ބޭނުންޖެހިފައިވާ އާއިލާއަަކަށް އެހީތެރިވެދިނުމަކީ އުފަލަކަށް ހަދަމާތޯއެ!