މަރަޑޯނާގެ ސިކުނޑީގެ އޮަޕަރޭޝަން ކާމިޔާބު

އާޖެންޓީނާގެ ފުޓްބޯލަ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ ސިކުނޑީގައި ލޭ ކޮޅެއް ގަނޑުވެފައި ސަބަބުން ކުރި އޮޕަރޭޝަން ކާމިޔާބު ކަމަށް އޭނާގެ ޑޮކްޓަރު ބުނެފި އެވެ.
އާޖެންޓީނާގެ ގައުމީ ޓީމަށް 1986 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މަރަޑޯނާ ،60، ގެ ސިއްހީ ހާލަތު ގޯސްވުމުން ސަބަބުން، އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކުރީ ހޯމަ ދުވަހު އެވެ.
މަރަޑޯނާގެ ޑޮކްޓަރު ލިއޮޕޮލްޑޯ ލުކޭ ބުނީ މަރަޑޯނާގެ އޮޕަރޭޝަން ކާމިޔާބުކަމަށާއި އޭނާގެ ހާލަތު "ސްޓޭބަލް" ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު 60 ވަނަ އުފަންދުވަސް ފާހަގަކުރި މަރަޑޯނާ މިހާރު ކޯޗުކޮށްދެނީ އާޖެންޓީނާގެ ފުރަތަމަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ޖިމްނާސިއާއަށެވެ.
މަރަޑޯނާ އަށް ވަނީ ފާއިތުވި އަހަރުތަކުގައި ސިއްހީ ގިނަ މައްސަލަތެއް ކުރިމަތިވެފަ އެވެ. މަރަޑޯނާ އަށް ވަނީ މީގެ ކުރިން ދެ ހާޓް ހެޓޭކް ޖެހިފަ އެވެ.
އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗުކަން ވެސް ކޮށްފައިވާ މަރަޑޯނާ އަކީ އާޖެންޓީނާ ފުޓްބޯޅައިގެ ތާރީހުގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އަދި މިހާރު ވެސް އާޖެންޓީނާގެ ގިނަ ބައެއްގެ މެދުގައި އޭނާގެ މަގުބޫލުކަން ބޮޑެވެ.