ރޮނާލްޑޯ ހޯދަން ޔުނައިޓެޑުން މަސައްކަތް ފަށައިފި

ޔުވަންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދަން މެންޗެސްޓަރ ޔުނައިޓެޑުން މަސައްކަތް ފަށައިފިއެވެ.
އީއެސްޕީއެންގެ ބްރޯޑްކާސްޓަރ ކްރިސްޓިއަން މާޓިން ކުރި ޓުވީޓެއްގައި ބުނީ، ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް ރޮނާލްޑޯ ހޯދަން ޔުނައިޓެޑުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ޔުނައިޓެޑުގެ ހުށަހެޅުން ރޮނާލްޑޯ ގަބޫލުކުރާނަމަ، ޔުވަންޓަސްއިން އެކަމާ މަޝްވަރާ ކުރާނެ ކަމަށް މެންޗެސްޓަރ އަދި ޕޯޓޯގެ ސޯސްތަކުން ބުނެފައިވާ ކަމަށެވެ.
ޔުވެންޓަސްއާއެކު ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވާއިރު، އޭނާ ކުރިޔަށް އޮތް ސީޒަނުގައި ޔުވެންޓަސް ދޫކޮށްލާނެ ކަމަށް ބެލެވެއެވެ. އޭނާ ހޯދަން މީގެކުރިންވެސް އެތައް ފަހަރަކު ޔުނައިޓެޑުން މަސައކްަތް ކޮށްފައިވާއިރު، އެކަން ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.
ރެއާލްއާއެކު ކާމިޔާބީތައް ހޯދުމަށްފަހު ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވީ 2018 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ ޔުވެންޓަސްއާއެކު މިހާތަނަށް ތިން ލީގުތަށި އަދި އެއް ސުޕަކަޕް އިޓަލިއާ ކާމިޔާބުކޮށްފައެވެ.
އުމުރުން 35 އަހަރުގެ ރޮނާލްޑޯ ވަނީ މީގެކުރިން ޔުނައިޓެޑަށް ކުޅެ ގިނަ ކާމިޔާބީތައް ހޯދާފައެވެ. އެގޮތުން އޭނާ ވަނީ އޭޓީމާއެކު، ތިން ލީގު ތަށި އަދި ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ.