ކޮރޯނާގެ އާ ވައިރަސް ފެތުރެނީ، ފްރާންސުންވެސް ފެނިއްޖެ

ފްރާންސްގެ އެއާޕޯޓު
ފްރާންސްގެ އެއާޕޯޓު
ހޮނިހިރު , 26 ޑިސެމްބަރ 2020 | 18:51

ކޮރޯނާ ވައިރަސްގެ އާ ވައްތަރެއް މީގެ ދުވަސްކޮޅެއް ކުރިން ބައެއް ގައުމުތަކުން ފެނިފައިވާއިރު އެ ވައިރަސް ފްރާންސުންވެސް ފެނިއްޖެ އެވެ.

ފްރާންސް އިން އެ ވައްތަރަށް ޕޮޒިޓިވް ވީ މިމަހުގެ 21 ވަނަ ދުވަހު އެވެ. އެގައުމުގެ ހެލްތު މިނިސްޓްރީން ބުނީ އެމީހާއަކީ އިނގިރޭސިވިލާތުގެ ލަންޑަނުގައި ދިރިއުޅުމަށްފަހު މިމަހު 19 ވަނަ ދުވަހު ފްރާންސަށް ދިޔަ މީހެއް ކަމަށެވެ. އެމީހާ މިހާރު ވަނީ ކަރަންޓިނު ކޮށްފަ އެވެ.

ކޮރޯނާ ވައިރަހުގެ އާ ވައްތަރު އެންމެ ފުރަތަމަ ފެނުނީ އިނގިރޭސި ވިލާތުންނެވެ. އެ ވައްތަރު ފެނުމާއިއެކު ވަރަށް ގިނަ ގައުމުތަކުން އިނގިރޭސިވިލާތުން މީހުން ދަތުރު ކުރުން ވަރަށް ގިނަ ގައުމުތަކުން މަނާ ކުރި އެވެ.

އިނގިރޭސިވިލާތުގެ އިތުރުން މި ވައްތަރުގެ ކޮރޯނާ ވައިރަސް ފެނުނު ގައުމުތަކުގެ ތެރޭގައި ޖަޕާނު، އޮސްޓްރޭލިއާ، ޑެންމާކް އަދި ނެދަލޭންޑްސް ހިމެނެ އެވެ.