އުމުރަށް ޓްވިޓާ އިން ޓްރަމްޕް ބޭރުކޮށްލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ހޮނިހިރު , 09 ޖެނުއަރީ 2021 | 06:45

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުމުރު ދުވަހަށް ޓްވިޓާ އިން ބޭރުކޮށްލައިފިއެވެ.

ޓްވިޓާ އިން ވަނީ ޓްރަމްޕުގެ އެކައުންޓު ދާއިމީކޮށް ސަސްޕެންޑު ކުރަން ޖެހިދާނެކަމުގެ އިންޒާރު ކުރިން ވެސް ދީފަ އެވެ.

އެމެރިކާގައި ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށާއި ހަމަނުޖެހުން ހިންގާ މީހުންނަށް ޓްރަމްޕް ކުރި ޓްވީޓުތަކެއް ރިމޫވް ކުރުމަށްފަހު 12 ގަޑިއިރަށް ސަސްޕެންޑް ކޮށްފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ.

އުމުރަށް ޓްރަމްޕްގެ އެކައުންޓް ޓްވިޓާއިން ބޭރުކޮށްލުމަށްފަހު ކުރި ޓްވީޓެއްގައި ޓްވިޓާ އިން މިރޭ ބުނީ ހަމަނުޖެހުމަށް ހިތްވަރު ލިބޭ ފަދަ އަމަލުތަކެއް ޓްރަމްޕްގެ ޓްވިޓާ އެކައުންޓް މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި ވެސް ހިންގުމުގެ ފުރުސަތު އޮތަތީ ޓްވިޓާ އިން އުމުރު ދުވަހަށް ބޭރުކުރަން ނިންމީ ކަމަށެވެ.

ޓްވިޓާ އިން އުމުރު ދުވަހަށް ޓްރަމްޕް ބޭރުކުރިއިރު، އޭނާގެ ފޮލޯވަރުންގެ ގޮތުގައި 88.7 މިލިއަން މީހުން އެބަ ތިއްބެވެ.