ކޮވިޑްގެ ފަރުވާ ލިބިއްޖެކަމަށް ބުނުމުން ވެނެޒުއޭލާގެ ރައީސްގެ ފޭސްބުކް ޕޭޖު ފްރީޒްކޮށްފި

ވެނެޒުއޭލާގެ ރައީސް ނޮކޮލަސް މަޑޫރޯ
ވެނެޒުއޭލާގެ ރައީސް ނޮކޮލަސް މަޑޫރޯ
ހޮނިހިރު , 27 މާރޗް 2021 | 18:30

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑުރޯ ގެ ރަސްމީ ޕޭޖު ފޭސްބުކްއިން ފްރީޒް ކޮށްފި އެވެ.

ރައީސް މަޑުރޯގެ ފޭސްބުކް ޕޭޖު ފްރީޒް ކުރީ ކޮވިޑް-19 އާއި ގުޅިގެން ނުބައި މައުލޫމާތެއް އާންމު ކުރުމާއި ގުޅިގެންނެވެ. އެގޮތުން އޭނާގެ ފޭސްބުކް ޕޭޖުގައި ވަނީ ކޮވިޑަށް ފަރުވާއެއް ކަމަށްބުނެ އެއްވެސް ހެއްކެއް ލިބިފައި ނުވާ ބޭހެއްގެ ތަފްސީލު އާންމު ކޮށްފަ އެވެ.

އަޖައިބެއްފަދަ ފަރުވާއެއްކަމަށް ބުނެ ކޮރޯނާ ވައިރަސް ހަށިގަނޑުން ފޮހެލާނެ ގޮތެއް ރައީސް މަޑުރޯގެ ފޭސްބުކްގައި އާންމު ކުރި އެވެ. އަދި އެ ފަރުވާ ހޯދިޔަސް އެއްވެސް ސައިޑް އެފެކްޓެއް ހަށިގަނޑަށް ނުކުރާނެ ކަމަށްވެސް އެ މައުލޫމާތުގައި ވަނީ ބުނެފަ އެވެ. އެ މައުލޫމާތުގައި ބުނެފައިވަނީ އެއީ ސައިންސުން ހޯދި ފަރުވާއެއް ނޫން ކަމަށާއި އެއީ "މިރެކަލް" އެއް ކަމަށެވެ.

ފޭސްބުކް މެދުވެރިކޮށް ކޮވިޑް-19 އާއި ގުޅޭގޮތުން ބޭނުންހާ މައުލޫމާތެއް ފެތުރުނަ ނުދިނުމަށް ވަނީ ގައިޑްލައިނެއް ހަދައިފަ އެވެ. އެގޮތުން އެއްވެސް މައުލޫމާތެއް އާންމު ކުރާނަމަ އޭގެ ހެއްކާއި ސައިންސްވެރިންގެ ބަސް ހިމަނަން ޖެހެ އެވެ. އެ ގައިޑްލައިން އެކުލަވައިލީ ޑަބްލިއުއެޗްއޯގެ އިރުޝާދުގެވެސް މަތިންނެވެ.

މަޑޫރޯގެ ފޭސްބުކް ޕޭޖު ފްރީޒް ކުރީ 30 ދުވަހުގެ މުއްދަތަކަށެވެ. އެހެންނަމަވެސް އޭނާގެ ޕޭޖާއި ގުޅިފައިވާ އިންސްޓަގްރާމް އެކައުންޓު ފްރީޒްއެއް ނުކުރެ އެވެ. އެ މައުލޫމާތު އާންމު ކުރީ ހަމައެކަނި ފޭސްބުކްގަ އެވެ.

ވެނެޒުއޭލާގެ ސައިންޓިސްޓުންނާއި ޑޮކްޓަރުން ކޮވިޑް-19 އަށް ފަރުވާ ހޯދާފައިވާކަމަށް އެގައުމުގެ ރައީސް ދައުވާ ކުރައްވާއިރު، އިއްޔެ އެކަނިވެސް އެގައުމުން 154،905 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. މީގެ އިތުރުން ބަލީގައި އިއްޔެ ވަނީ 1،543 މީހުން މަރުވެސް ވެފަ އެވެ.