އިންޑިއާ އެންމެ ގޯސް ހާލަތަށް ގޮސްދާނެކަމުގެ ބިރު

އިންޑިއާގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު އެބައޮތް
އިންޑިއާގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު އެބައޮތް
ހޯމަ , 05 އޭޕްރިލް 2021 | 11:43

ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވެ އިންޑިއާގައި އިއްޔެ އެކަނިވެސް 100،000 އަށްވުރެއް ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެއްޖެ އެވެ.

އިންޑިއާގައި އިއްޔެ އެކަނި 103،558 މީހުން ޕޮޒިޓިވް ވިއިރު ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާރު ދެވަނައަށް އެންމެ ހާލަތު ގޯސް ގައުމަކީ އިންޑިއާ އެވެ. މިހާރު ކޮވިޑްގެ ހާލަތު އެންމެ ގޯހީ އެމެރިކާގަ އެވެ.

ކޮވިޑްގެ ޖުމްލަ ނަމްބަރުތަކަށް ބަލާއިރު އިންޑިއާއިން މިހާތަނަށް 12.6 މިލިއަން މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވެ އެވެ. މިއީ އެއް ގައުމަކުން މި އަދަދަށް ކޮވިޑް ނަމްބަރުތައް މައްޗަށް ދިޔަ ތިންވަނަ ގައުމެވެ. މިހާރު ހާލަތު ކޮންމެވެސްވަރަކަށް ރަނގަޅުވަމުން އަންނަ ބްރެޒިލްގެ އިތުރުން އެމެރިކާގައި ވަނީ މިއަދަދަށްވުރެއް އިތުރަށް ކޮވިޑް ކޭސްތައް ރެކޯޑު ކުރެވިފަ އވެެ.

އިންޑިއާގައި އިއްޔެ އެކަނި މަރުވީ 478 މީހުންނެވެ. މިއާއެކު އެގައުމުން ކޮވިޑްގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 165،101 އަށް އަރައިފަ އެވެ.

އިންޑިއާގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަމުން މި ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދިނުމާއިއެކު ވެކްސިން ޖަހަން ފެށުމުން ބައެއް މީހުން މާސްކު ނޭޅުމާއި ގައިދުރުކަން ނުބެހެއްޓުމުގެ ސަބަބުންނެވެ. އަނެއްކޮޅުން އެގައުމުގައި ބާއްވަން ތައްޔާރުވަމުން އަންނަ އިންތިހާބާއި ދިމާކޮށް އެއްވުންތަކާއި ގުޅިގެން ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު އެބަ އޮތެވެ.

ކޮވިޑްގެ ހާލަތު މިހާރު އެންމެ ގޯސް އިންޑިއާގެ އެއް ސްޓޭޓަކީ މަހަރާސްތްރަ އެވެ. އެސްޓޭޓުން އެކަނި 57،074 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. މަހަރާސްތްރަގައި މާސްކު އެޅުން މަޖުބޫރު ކޮށްފައިނުވާއިރު، އެ ސްޓޭޓުގެ ސިއްހީ އިދާރާއިން ބުނެފައިވަނީ މާސްކު އަޅަން މަޖުބޫރު ކުރުވުމުން ބިއުޓީ ޕާލާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނަ ކަމަށެވެ. އެހެންކަމުން މާސްކު ނޭޅުން ރަނގަޅުކަމަށްބުނެ ނޯތުއީސްޓާން ސްޓޭޓުގެ ހެލްތު މިނިސްޓަރު ވަނީ ސޯޝަލް މީޑިއާގައި ލިޔުއްވައިފަ އެވެ.

އިންޑިއާގައި މިހާތަނަށް ކޮވިޑް ދިފާއު ވެކްސިން ދިނީ 77 މިލިއަން މީހުންނަށެވެ. މިއީ ތިންވަނައަށް އެންމެ ގިނަ މީހުންނަށް ވެކްސިން ދިން ގައުމެވެ. އެހެންނަމަވެސް އެގައުމުގެ އާބާދީގެ ނިސްބަތުން މިއީ މަދު އަދަދެކެވެ. އިންޑިއާގައި މީގެ ކުރިން ދިޔައީ އެގައުމުގައި އުފައްދާ ވެކްސިން އެހެން ގައުމުތަކަށް ފޯރުކޮށްދެމުންނެވެ. އެހެންނަމަވެސް ހާލަތު ގޯސްވަމުންދާތީ އިންޑިއާގައި ވެކްސިން ދޭ އަދަދު އިތުރުކުރުމުގެ ގޮތުން މިހާރު ވަނީ ވެކްސިން އެކްސްޕޯޓު ކުރުން ވަގުތީގޮތުން މަދުކޮށްފަ އެވެ.