ލިވަޕޫލް އިން އާސެނަލްގެ މައްޗަށް ކުރި ހޯދައިފި

ލިވަޕޫލް އިން އާސެނަލްގެ މައްޗަށް ކުރި ހޯދައިފި
ލިވަޕޫލް އިން އާސެނަލްގެ މައްޗަށް ކުރި ހޯދައިފި
އަންގާރަ , 29 ސެޕްޓެމްބަރ 2020 | 09:44

ލިވަޕޫލް އިން ލީގުގައި ވާދަވެރި އާސެނަލްގެ މައްޗަށް ކުރި ހޯދައިފިއެވެ.

ލިވަޕޫލްގެ ދަނޑު އެންފީލްޑް ގައި ކުޅެވުނު ޕްރެމިއާ ލީގުގެ މި މެޗުގައި ލިވަޕޫލް އިން އާސެނަލްގެ މައްޗަށް ކުރި ހޯދީ 3-1ގެ ނަތީޖާ އަކުންނެވެ.

ލީގުގެ ފުރަތަމަ ދެ މެޗު މޮޅުވި އާސެނަލް ވަނީ މެޗުގެ 25 ވަނަ މިނެޓުގައި ލިވަޕޫލްގެ މައްޗަށް ކުރި ހޯދައިފައެވެ. ލިވަޕޫލްގެ ފަހަތަށް ކުޅޭ ރޮބާޓްސަން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ މި ގޯލު ޖަހައިދިނީ ލަކަޒެޓް އެވެ.

ލިވަޕޫލް އިން ވަނީ އެގެ ތިން މިނެޓު ފަހުން ނަތީޖާ އެއްވަރު ކޮށްފައެވެ. ސަލާހް ޖެހި ބޯޅަ ކީޕަރު ލެނޯ ދިފާއު ކުރުމުން ދެވަނަ ފަހަރަށް އެބޯޅަ ގޯލަށް ފޮނުވާލި ސާޑިއޯ މާނޭ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލް އަށް ކުރި ހޯދައިދިނީ އާނޯލްޑް ނެގި ހުރަހަކުން ރޮބާޓްސަން އެވެ.

ލިވަޕޫލް އިން މެޗުގައި މޮޅަށް ކުޅުނު ނަމަވެސް އާސެނަލް ގެ ލަކަޒެޓް އަށް ވަނީ ދެވަނަ ހާފު ގައި ރަނުގެ ދެ ފުރުސަތު ލިބި ނުނިންމިފައެވެ. މި ދެ ބޯޅަ ވެސް ލިވަޕޫލްގެ ކީޕަރު އެލިސަން ވަނީ ދިފާއު ކޮށްފައެވެ.

މެޗު ނިމެން ކައިރިވެފައިވަނިކޮށް ލިވަޕޫލްގެ ތިން ވަނަ ގޯލު ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ޖޯޓާ އެވެ.

ލިވަޕޫލް އިން މިވަނީ ލީގުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެފައެވެ.