ސްޕެއިން އިން ސްވިޒަލޭންޑްގެ މައްޗަށް ކުރި ހޯދައިފި

ސްޕެއިން އިން ސްވިޒަލޭންޑްގެ މައްޗަށް ކުރި ހޯދައިފި
ސްޕެއިން އިން ސްވިޒަލޭންޑްގެ މައްޗަށް ކުރި ހޯދައިފި
އާދިއްތަ , 11 އޮކްޓޯބަރ 2020 | 14:45

ސްޕެއިން އިން ސްވިޒަލޭންޑްގެ މައްޗަށް ކުރި ހޯދައިފި އެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ސްޕެއިން އާއި ސްވިޒަލޭންޑް ރޭ ކުޅުނު މެޗު ސްޕެއިން އިން ކާމިޔާބު ކުރީ 1-0 އަކުންނެވެ. މެޗުގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގެ ކުރީ ކޮޅު ސްޕެއިން އަށް ޖަހައިދިނީ އޮޔަރްޒަބެލް އެވެ.

މި މެޗުގައި ސްވިޒަލޭންޑްގެ ޝަގީރީ ކުޅެފައި ވެއެވެ. މިއީ ޝަގީރީ ކޮވިޑް އަށް ޕޮޒިޓިވް ވުމުން ކުޅުމާ ދުރުގައި ހުރުމަށް ފަހު އަލުން ކުޅުނު ފުރަތަމަ މެޗެވެ.

ޗެލްސީގެ ކީޕަރު ކެޕާގެ ބަދަލުގައި ސްޕެއިން ގެ ގޯލަށް މި މެޗު ކުޅުނީ ޑިހެއާ އެވެ. މެޗުގައި ރަނގަޅު ޕާފޯމެންސްއެއް ދެއްކި ޑިހެއާ ވަނީ މެޗުގެ ކުރީ ކޮޅު ނުރައްކާތެރި ބޯޅައެއް ދިފާއު ކޮށްފަ އެވެ.

ސްޕެއިން ގެ ގޯލު މެޗުގެ 14 ވަނަ މިނެޓުގައި އޮޔަރްޒަބެލް ޖަހައިދިނީ ސްވިޒަލޭންޑްގެ ކީޕަރު ދިން މިސް ޕާހެއް ސްޕެއިން ގެ ކުޅުންތެރިއަކަށް ލިބުމުންނެވެ. އޮޔަރްޒަބެލް އަށް ވަނީ ނަތީޖާ ފުޅާ ކުރަން އިތުރު ފުރުސަތެއް ލިބި ކާމިޔާބު ނުކުރެވިފައެވެ.

މި ނަތީޖާ އާއެކު މިހާރު ސްޕެއިން އިނީ ގްރޫޕުގެ އެއްވަނައިގަ އެވެ.