ރެއާލްއާ ދެކޮޅަށް އިންޓަ ކުޅޭ މެޗުގައި ލުކާކޫ ނުފެންނާނެ

އިންޓަގެ ފޯވަޑް ލުކާކޫ. -- ފޮޓޯ: ބީބީސީ
އިންޓަގެ ފޯވަޑް ލުކާކޫ. -- ފޮޓޯ: ބީބީސީ
އަންގާރަ , 03 ނޮވެމްބަރ 2020 | 13:14

ޗެމްޕިއަންސް ލީގުގައި މިރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ރަށުން ބޭރުގައި އިންޓަ މިލާން ކުޅޭ މެޗުގައި، އިންޓަ މިލާންގެ މުހިންމު ފޯވަޑް ރޮމެއޫ ލުކާކޫ އަށް ނުކުޅެވޭނެ ކަމަށް ރިޕޯޓްތަކުން ބުނެފި އެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި މި މެޗުގެ ކުރިން ލުކާކޫ އަށް ލިބުނު އަނިޔާއަކާ ގުޅިގެން، މިރޭގެ މެޗުގައި އޭނާ ނުފެންނާނެ އެވެ. ލުކާކޫ އަކީ އިންޓަގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ރޭވުންތަކަށް މުހިންމު ކުޅުންތެރިއެކެވެ. ލުކާކޫ ، 27، ވަނީ މި ސީޒަންގައި އިންޓަ މިހާތަނަށް ކުޅުނު ހަތް މެޗުން ހަތް ލަނޑު ޖަހައިފަ އެވެ.

މި މެޗަށް ނުކުންނައިރު، އިންޓަ އޮތީ ދެ ޕޮއިންޓާއެކު ގުރޫޕް ބީގެ ދެވަނައިގަ އެވެ. އެއް ޕޮއިންޓާއެކު ރެއާލް އޮތީ ގުރޫޕްގެ ފުލުގަ އެވެ.

މި މެޗަށް އިންޓަ ނުކުންނައިރު، ޗިލީގެ ފޯވަޑް އެލެކްސިސް ސަންޗޭޒް ފަރިތަކުރުންތަކަށް ނުކުންނަން ފަށައިފަ އެވެ. އަނިޔާގެ ސަބަބުން އިންޓަ އެންމެ ފަހުން ކުޅުނު ތިން މެޗުގައި ސަންޗޭޒް ނުފެނެ އެވެ.

މި މެޗަށް ނުކުންނައިރު، ރެއާލްގެ ޑިފެންޑަރު އެޑަރ މިލިޓާއޯ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެހެންކަމުން މިރޭގެ މެޗުގައި އޭނާ ނުފެންނާނެ އެވެ.