ރައީސް ސޯލިހަށް ވަރުގަދަ މެސެޖެއް
ރާއްޖޭގެ ތާރީހު ހެކިދޭ ގޮތުގައި ސަރުކާރެއް އިންތިހާބުވުމަށްފަހު ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، ރައްޔިތުންގެ ތާއީދު އެ އޮންނަ ސަރުކާރަކަށް ކުޑަވެގެން ދެ އެވެ.
ރާއްޖޭގެ ތާރީހު ހެކިދޭ ގޮތުގައި ސަރުކާރެއް އިންތިހާބުވުމަށްފަހު ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، ރައްޔިތުންގެ ތާއީދު އެ އޮންނަ ސަރުކާރަކަށް ކުޑަވެގެން ދެ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުން މިހާރު ފެންނަނީ ގައިމުވެސް ފެންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރާ ކަންކަމެއް ނޫނެވެ. ހާއްސަގޮތެއްގައި އެމްޑީޕީގެ ވެރިކަމެއް އޮވެ ހުރިހާ ބާރެއް އޮވެމެ އެ ޕާޓީގެ ތެރޭގައި އޮތް ހަމަނުޖެހުންތަކެވެ. ރައީސް ނަޝީދަށް ދިން ބޮމުގެ ހަމާލާ އާއި ގުޅިގެން ކުރެވުނު ތުހުމަތުތަކާއި ދެކެވުނު އެކި ވާހަކަތަކެވެ. އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެން ހުންނެވި ނަޝީދު ރާއްޖެ ވަޑައިގެންނަވަން ޖެހިލުންވާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ދިއުމެވެ. ކީއްވެ ހެއްޔެވެ. ވެރިކަމުގައި އޮތީ އެމްޑީޕީއެވެ.…
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވައިލަން މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ދިން ހަމަލާއަކީ މިހާތަނަށް ރާއްޖޭގައި ދިން އެންމެ ބިރުވެރި އެއް ޓެރަރިސްޓު ހަމަލާ އެވެ. މާލޭގެ އެންމެ ބައި ބޯ މަޖީދީ މަގުގައި ބޮމެއް ގޮއްވާލައިގެން ދިން މި ހަމަލާ ރާވާފައިވަނީ ވަރަށްވެސް މޮޅަށެވެ.
ފަރުދީ ޒިންމާ ކިޔާ އެއްޗެއް ދަންނަންތޯ އަހަން މިޖެހުނީ ލައްކަ ގިނަ ކަންކަން މި ދެތިން ދުވަހު ފެނުމުންނެވެ. ނޫނޭ ވާ ދިވެހިން މީ ކުޅަދާނަ ބައެކެވެ. މިއޮތްހާ ހުރިހާ ދުވަހު ގެއިން ނުނިކުމެވި ބަންދުވެފައި ތިބި އިރުގެ ހަނދާން ނެތިއްޖެއެވެ. އީދު ބަންދާ ދިމާކޮށް ލިބުނު ލުއި ތަކުން އުފަލުގެ ކޮޅެއް ނެތެވެ. އެއްބަޔަކު އެއްވެސް ވިސްނުމެއް ބެލުމެއް ހިޔާލެއް ފިކުރެެއްނެތި އެއްވެ ތިބެ އީދު ކުޅި ވަރުތައް ކުޅެ ނަގަނީއެވެ. އަނެއް ބަޔަކު އީދު…
މިއީ ކުލަތަކުގެ އީދެވެ. ފެން ކޮތަޅާއި ފެން ބަޑީގެ އީދެވެ. ސަކަރާތާއި ލަވަތަކުގެ އީދެވެ. ބަރަކާތްތެރި ހައްޖުގެ އަޅުކަމަށްފަހު މުސްލިމުންނާއި ބައްދަލުކުރާ އަޟްހާ އީދަކީ ދިވެހިންގެ ތެރޭގައި އެންމެ ކުލަގަދަކޮށް ފާހަގަކުރާ އެއް މުނާސަބަތެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު ވެރިކަމުގެ ދައުރު މިއޮތީ ދެބައިވެފަ އެވެ. މިހާރު މި ވެރިކަން ކަމުދާ މާ ގިނަ ބަޔަކު ނެތެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ހަމައެކަނި ރައީސް މުހައްމަދު ނަޝީދު ޖަލު ހުކުމުން މިނިވަން ކުރުމަށް ދެއްކި ރަމްޒީ ރައީސެކެވެ.
ކޮވިޑް19 އާއެކު އަޅުގަނޑުމެން އުޅެންފެށިތާ އަހަރެއްހާ ދުވަސް ފާއިތުވެގެން ދިޔައީއެވެ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ހަރުކަށި ފިޔަވަޅުތައް އެޅި ދުވަސް ވަރާއި ލުއިތައް ލިބުނު ދުވަސްވަރުތައްވެސް ހިނގައްޖެއެވެ. އަނެއްކާވެސް މިއައީ އޭގެން ދުވަސްވަރެކޭ ބުނެވިދާނެއެވެ. މާލެ ސަރަހައްދުގައި ހަލުވި ކަމާއެކު ކޮވިޑް ފެތުރެން ފެށުމުން ފިޔަވަޅުތައް ވަރުގަދަ ކުރީ މީގެ އެއްމަސް ދުވަސް ކުރިން މެއި މަހުގެ ތިން ވަނަ ދުވަހުއެވެ. އެޅި ފިޔަވަޅުތަކާއެކު ހަލުވި ކަމާއެކު ފެތުރެން ފެށި ކޮވިޑް ބޮޑުތަނުން މަދުކުރެވިގެން ދިޔައެވެ. ކޮވިޑް ކޮންޓްރޯލް…
އުމުުރުން އެންމެ 16 އަހަރުގެ އައިޝަތު ގާނިއަތު އާދަމް އިންސްޕަޔާ ވީ މަޝްހޫރު ސޯޝަލް މީޑިއާ އިންފްލުއެންޒާ އަދި މޮޑެލް ކައިލީ ޖެނާގެ ފަރާތުންނެވެ. އެންމެ ކުޑަ އިރުއްސުރެއް މޭކަޕަށް ބޮޑު ޝައުގުވެރިކަމެއް ހުންނަ ގާނީ އަމިއްލަ ބްރޭންޑެއް ފެށީ މީގެ ދެ އަހަރު ކުރިން ބޭބެއާއިއެކު ދެކެވުނު ވާހަކައެއްގެ ތެރެއިންނެވެ. އޭރު ގާނި ހަަމައެކަނި ބޭނުންވީ އަމިއްލަ ބްރޭންޑެއްގެ އެއްޗެހި އުފައްދާށެވެ. ބޭބެގެ އެހީތެރިކަމާއިއެކު "ގާނި" ގެ ނަމުގައި ފުރަތަމަ ފެށީ ލިޕްސްޓިކް އުފައްދައި މާކެޓުގައި ވިއްކާށެވެ.