ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަނޑިޔާރުން ބަދަލުކުރުމަކީ ދެރަކަމެއް: ނަޝީދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމުގައިވާ މަހާޒް އަލީ އާއި އަޒްމިރަލްދާ މިއަދު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. މި މައްސަލައާ ގުޅިގެން އެކްސްގައި ޕޯސްޓެއް ކުރެއްވި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަނޑިޔާރުން ބަދަލު ކުރަން ޖެހޭ ކަމަށް އާ ވެރިންގެ ހިތަށް ވަންނަ ކަމަކީ ވަރަށް ބޮޑު ދެރައެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ އިރަށް ފަނޑިޔާރުން ބަދަލު ކުރުމަކީ…