ހުޅުމާލޭ ފޭސް 2 ގެ ފްލެޓްތަކުގައި ހުރި މެއިލް ބޮކްސްތަކަށް ނަސާ ދީނުގެ ލިޔުންތަކެއް، ދިވެހި ބަހަށް ތަރުޖަމާކޮށްފަހުރި އެބްސައިޓްތަކެއްގެ ލިންކު ހިމެނޭ ބިޒްނަސް ކާޑުތަކެއް އަޅި މައްސަލާގައި ޖަރުމަނަށް ނިސްބަތްވާ ދެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ ދެ މީހުންނަކީ ޖަރުމަނުގެ ދެ މީހުން ކަމަށެވެ. އެ މީހުން ރާއްޖެ އައިސްފައިވަނީ ޓޫރިސްޓު ވިސާގައި ކަމަށްވެސް ފުލުހުން ބުންޏެވެ.
ފޭސް ދޭއްގެ ފްލެޓްތަކުގެ ތިރީގައި ހުންނަ މެއިލް ބޮކްސްތަކަށް ނަސާރާ ދީނުގެ މައުލޫމާތު ހިމެނޭ ބިޒްނަސް ކާޑުތަކެއް ލަމުންދާ ކަމަށް ބުނެ ސޯޝަލް މިޑިއާގައި ފޮޓޯތަކެއް ދަނީ ދައުރުކުރުވަމުންނެވެ.
އެނގިފައިވާ ގޮތުން އެ މީހުން ގެންގުޅުނީ ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ ނަސާރާދީނުގެ ވެބްސައިޓު ތަކެއްގެ ލިންކު ހިމެނޭ ބިޒްނަސް ކާޑު ތަކެކެވެ.