އެމްޕަވަމަންޓް ހަބަށް ޕާކިސްތާންގެ އެހީ
"ކޮމިއުނިޓީ އެމްޕަވަމަންޓް ހަބް" އަށް ބޭނުންވާ އައިސީޓީ އިކުއިޕްމަންޓްތަކެއް ޕާކިސްތާނުން ފޯރުކޮށް ދީފި އެވެ. މި ހަބަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުނަރުތައް ދަސްކޮށްދީ، އެފަރާތްތައް ބާރުވެރިކުރުވުމަށްޓަކައި ހެލްތު މިނިސްޓްރީ ގާއިމުކުރާ ތަނެކެވެ. އެތަނުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަސާސީ ތައުލީމާއި، މަސައްކަތްތެރިކަމުގެ ތަމްރީނުތަކުގެ އިތުރުން، އަމަލީ ހުނަރުތައް ތަރައްގީކުރުމުގެ ފުރުސަތުތައް ފަހިކޮށް ދޭނެ އެވެ. މީގެ ބޭނުމަކީ އެފަރާތްތަކަށް ވަޒީފާގެ މާހައުލާއި އިޖުތިމާއީ ދިރިއުޅުމުގައި ފުރިހަމައަށް ބައިވެރިވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެ ހަބް މެދުވެރިކޮށް،…









