އިސްލާމީ އުސޫލުތަކުގެ މަތިން ޢީދު ފާހަގަ ކުރުމަށް އިލްތިމާސްކޮށްފި
ކުރިއަށްއޮތް ބޮޑު ޢީދު ފާހަގަކުރުމުގެ ހަރަކާތްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްގެންދާއިރު، އިސްލާމީ އުސޫލުތަކާ ހިލާފްނުވާނޭ ގޮތުގެ މަތިން ޢީދު ފާހަގަ ކުރުމަށް ސިޓީތަކާއި އިދާރީ ދާއިރާތަށް ހިންގުމާއި، ޢާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ. އެ ވުޒާރާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އިސްލާމީ ރިވެތި އުސޫލްތަކާ އެއްގޮތްވާގޮތުގެ މަތިން ހުރިހާ ރަށެއްގައިވެސް ޢީދުގެ ކުޅިވަރުތަކާއި ޙަރަކާތްތަށް ރާވައި، ހިންގުމަކީ ސަރުކާރުން ތަރުޙީބުދޭ ކަމެއް ކަމަށެވެ. ޢީދު ފާހަގަކުރުމުގެ ކަންކަން ރާއްޖޭގެ ސިޓީތަކަށާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި…