މިފްކޯގެ ސީއީއޯ ކަމުން ޝަމާހު ވަކިކޮށްފި
މިފްކޯގެ ސީއީއޯގެ މަގާމުންނާއި ބޯޑު ޑިރެކްޓަރުގެ މަގާމުން އަހުމަދު ޝަމާހު ރަޝީދު ވަކިކޮށްފިއެވެ. ޝަމާހު މަގާމުން ވަކިކުރަން އަންގައި، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރަސްމީ އެކްސް އެކައުންޓުން ވަނީ ޕޯސްޓުކޮށްފަ އެވެ. އޭގައި އިތުރު ތަފުސީލެއް ނެތެވެ. ޝަމާހު މަގާމުން ވަކިކޮށްފައި މި ވަނީ، މާޗު މަހުގެ 18 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 24 ވަނަ ދުވަހާ ހަމަައަށް އޭނާ ސަސްޕެންޝަނުގައި ބަހައްޓައި، ސަސްޕެންޝަން އުވާލިތާ މަހެއްހާ ދުވަސް ފަހުންނެވެ. އޭރު އޭނާ ސަސްޕެންޑްކުރީ 12 ކަމެއް ތުހުމަތުކޮށެވެ. ޝަމާހު…