އައިޓީބީ ފެއާއަށް ވަޒީރު ތާރިގު ޖަރުމަނުވިލާތަށް ވަޑައިގެންފި
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު، ޠާރިޤް އިބްރާހީމް، ދުނިޔޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއަރ ކަމުގައިވާ އައި.ޓީ.ބީ ބަރލިން 2025 ގައި ބައިވެރިވެ ވަޑައިގަތުމަށް އިއްޔެގެ ވަގުތެއްގައި ޖަރުމަނުވިލާތަށް ވަޑައިގަންނަވައިފިއެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ދަތުރުފުޅުގައި ވަޒީރު ޠާރިޤް، އައި.ޓީ.ބީ ބަރލިންގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރެއްވުމުގެ އިތުރުން، ރާއްޖޭގެ އަދި ބޭރުގެ ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކާ ބައްދަލުކުރައްވާ މަޝްވަރާކުރައްވާނެއެވެ. އައި.ޓީ.ބީ ބަރލިންގައި ބައިވެރިވާ ރާއްޖޭގެ ޓީމުން މަސައްކަތް…