މަމްދާނީ ނިއުޔޯކުގެ މޭޔަރަކަށް، ހުވާ ކުރެއްވީ ޚަތިމުގައި އަތް ބާއްވަވައިގެން!
ޒޯހްރާން މަމްދާނީ 34، ނިއުޔޯކް ސިޓީގެ ފުރަތަމަ މުސްލިމު މޭޔަރަކަށްވެ ވަޑައިގެންފި އެވެ. ނިޔުޔޯކް ސިޓީގެ ޓައުންހޯލްގެ ބޭސްމަންޓްގައި ހުވާކުރެއްވުމާއެކު މަމްދާނީ ވެވަޑައިގެންފައިވަނީ ނިއުޔޯކް ސިޓީގެ 112 ވަނަ މޭޔަރަށެވެ. ހުވާކުރެއްވުމަށްފަހު މަމްދާނީ ވިދާޅުވީ މިއީ އޭނާއަށް ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށެވެ. "ހަގީގަތުގައި މިއީ މުޅި އުމުރަށް ލިބުނު ޝަރަފެއް،" ޚަތިމުގައި އަތް ބާއްވަވައިގެން ހުވާ ކުރެއްވުމަށްފަހު މަމްދާނީ ދެއްކެވި ކުރު ތަގުރީރެއްގައި ވިދާޅުވި އެވެ. މަމްދާނީއަކީ ޔުގެންޑާގެ އިލްމުވެރިޔާ މަހްމޫދު މަމްދާނީ އާއި އިންޑިއާގެ ފިލްމު…







