އީ-ޕާސްޕޯޓް ދޫކުރުން މެދުކަނޑާލައިފި
އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ. އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ "އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު" ޕްރިންޓް ކުރުމަށް ބޭނުންކުރާ "ޕާސްޕޯޓު ބުކްލެޓް" ގެ ސްޓޮކް ރާއްޖެއަށް ގެނައުމުގައި ލަސްތަކެއް ދިމާވެފައިވާ ކަމަށެވެ. އެހެންވެ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ސްޓޮކް މެނޭޖް ކުރުމުގެ ބޭނުމަށް މިއަދުން ފެށިގެން ދިވެހި ޕާސްޕޯޓަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅުއްވާ ހުރިހާ ފަރާތްތަކަށް ދޫކުރާނީ، ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓެވެ. ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަކީ ވެސް އިންޓަނޭޝަނަލް…









