އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި ކެލާ ދާއިރާއަށް ވާދަކުރައްވާ އަހްމަދު ޣާލިބްއަށް ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ހާމަކުރައްވައިފި އެވެ.
ފުވައްމުލަކަށް ވަޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާ އެކު މިރޭ ބޭއްވި ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވީ ޣާލިބަކީ ތައުލީމީ ޒުވާނެއް ކަމަށާއި އޭނާއަކީ "މިކަން ކުރެވޭނެ ކުއްޖެއް" ކަމަށެވެ. އެމަނިކުފާނަކީ ޒާތީ ތައައްސަބަށް މަސައްކަތް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށާއި ގައުމީ ބޮޑެތި މަސްލަހަތު ހިމާޔަތް ކޮށްދޭ މީހެއް ކަމަށްވާނަމަ ތާއީދު އޮންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. ޔާމީން ވިދާޅުވީ ޣާލިބު ޕީޕީއެމްގައި ހުންނެވިއިރު އޭނާއަކީ ޕާޓީއަށް އިޚްލާސްތެރިކަމާއެކީ މަސައްކަތް ކޮށްދެއްވި ފަރާތެއް ކަމަށެވެ.
ޣާލިބްއަކީ ތައުލީމީ ޒުވާނެއް. ޣާލިބަކީ އަޅުގަނޑު އާއިލާ ކުއްޖެއް ވެސް ނޫން. ޣާލިބަކީ މުއިއްޒުގެ އާއިލާ ކުއްޖެއް. އެކަމަކު އަޅުގަނޑު އޭނާއަށް ތާއީދު އެބަކުރަމޭ. އެ ބޭފުޅުން ހަރުދަނާ ކުއްޖެއް. ތައުލީމީ ކުއްޖަކަށް ޓިކެޓު ދިނުމުގެ ބަދަލުގައި އޭނާ މިވަގުތު ހުރީ އެމްޑީޕީގައި. އޭނާއަކީ މިކަން ކުރެވޭނެ ކުއްޖެއް
ޔާމީން އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ޓިކެޓުގައި އެ ދާއިރާއަށް ކެންޑިޑޭޓަކު ވާދަނުކުރައްވަ އެވެ.
ޣާލިބު އެމްޑީޕީއާ ގުޅުނީ މިދިޔަ ރިޔާސީ އިންތިޚާބު ތެރޭގަ އެވެ. އޭނާވަނީ ޕީޕީއެމްގެ ކެލާ ދާއިރާގެ ކުރީގެ ރައީސްކަން ވެސް ކުރައްވާފައެވެ. އޭނާ ޕީޕީއެމުން ވަކިވެވަޑައިގެންނެވީ މިވަގުތު އެ ޕާޓީއާއެކު ކުރިއަށް ދިއުމަށް އެކަށީގެންވާ ހާލަތެއް ނެތްކަމަށް ވިދާޅުވެއެވެ.