މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް ލިބު ސާފު ގައިދާ 195 މިލިއަން ރުފިޔާއަށް އަރާކަމަށް އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއީ ފާއިތުވި އަހަރުގެ ފަހު ކުރާޓަރުގައި އެ ކުންފުންޏަށް ލިބުނު 182.6 މިލިއަން ރުފިޔާއަށް ވުރެ 6.8 ޕަސެންޓް އިތުރު އަދަދެކެވެ.
އެހެންމަވެސް އެސްޓީއޯގެ މިއަަހަރުގެ ފުރަތަމަ ކުއާޓަރުގެ ސާފު ފައިދާވަނީ ފާއިތުވެދިޔަ އަހަރުގެ އެ މުއްދަތަށްވުރެ 27.9 ޕަސެންޓް ދަށަށް ގޮސްފައެވެ. ފާއިތުވި އަހަރުގެ އެސްޓީއޯގެ ފުރަތަމަ ކުއާޓަރުގެ ސާފު ފައިދާއަކީ 270 މިލިއަން ރުފިޔާއެވެ.
އެސްޓީއޯއަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 617.1 މިލިއަން ރުފިޔާގެ ޖުމުލަ ފައިދާ ލިބިފައިވެއެވެ. މިއީވެސް މިދިޔަ އަހަރު ލިބުނު އަދަދަށް ވުރެ 21.9 އިންސައްތަ ދަށް އަދަދެކެވެ. ފާއިތުވި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް ލިބިފައިވަނީ 791 މިލިއަން ރުފިޔާއެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓާގެ ޖުމުލަ ފައިދާއަށް ބަލާއިރި އެ އަދަދަކީ މިދިޔަ އަހަރުގެ އެމުއްދަތަށްވުރެ 18.1 އިންސައްތަ އިތުރު އަދަދެކެވެ.
އެސްޓީއޯގެ މާލީ ރިޕޯޓަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 3.88 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ފާއިތުވިއަހަރުގެ ފުރަތަަމަ ކުއާޓަރުގައި ކުންފުނިން ޚަރަދުކޮށްފައިވަނީ 3.65 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މާލީ ހިސާބުތައް ދައްކާގޮތުން އެސްޓީއޯގެ ޚަރަދު މިވަނީ ހަ ޕަސެންޓް އިތުރުވެފައެވެ.
އެސްޓީއޯގެ މި ކުއާޓަރުގައި އާމްދަނީގެ 83 ޕަސެންޓަކީ ތެލުގެ ވިޔަފާރިން ލިބިފައިވާ އާމްދަނީއެވެ.