ސިނަމާލެ ބުރިޖުގެ މޮނިއުމަންޓް ފެންނަ ގޮތަށް ލޮނުޒިޔާރާތް ޕާކު ސަރަހައްދަށް ބަދަލުގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
މިކަމާއި ގުޅިގެން ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ އިންތިޚާބީ މެންބަރު އިބްރާހީމް ޝުޖާއު ކުރެއްވި ޕޯސްޓެއްގައި ވަނީ، ދިވެހި ރައްޔިތުންނަށް ޗައިނާ ސަރުކާރުން ދެއްވި އެންމެ އަގުހުރި ހަދިޔާއަކީ މާލެއާއި ހުޅުމާލެއާއި ދެމެދުގައި އަޅާފައިވާ ބްރިޖު ކަމަށެވެ.
ޝުޖާއު ވިދާޅުވީ، ކުރީ ސަރުކާރުން ވަނީ މޮނިއުމަންޓް ފޮރުވަން އެ ސަހަރައްދު ބައްދާލާފައި ކަމަށެވެ.
މިދިޔަ ސަރުކާރުން ބުރިޖުގެ އާބާތުރަ ނުފިލުވާ ކަމަށާއި ނަން ބޯޑު ވެސް ނުދިއްލާ ބަހައްޓަނީ މިއީ ޗައިނާގެ ފަރާތުން ލިބުނު އެހީކަން ފޮރުވަން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
ނަމަވެސް، ޗައިނާއަށް ޝުކުރުވެރިވުމަށާއި ބުރިޖުގެ މޮނިއުމަންޓް ފެންނާނެ ގޮތަކަށް އެ ސަރަހައްދު ބަދަލުކުރުމަށް ރައީސް ނިންމަވާފައިވާ ކަމަށް ޝުޖާއުގެ އެކްސް ޕޯސްޓުގައި ވެ އެވެ.