އެމްޑީޕީގެ ޤައުމީ މަޖިލިސްގެ ހުސްވެފައިވާ މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިިފިއެވެ. އެ ޕާޓީން ކުރި އިއުލާނެއްގައި ބުނީ އިންތިޚާބު އޮންނާނީ އޯގަސްޓް 7 ވާ ހުކުރު ދުވަހު ކަމަށެވެ.
އެ ޕާޓީގެ ގައުމީ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުތުތައް
• 1 ޖުލައި 2024 އާއި ހަމައަށް މިޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވެފައިވުން
• ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ޕާޓީގެ އަސާސީ ޤަވާއިދާއި ހިލާފުވެފައި ނުވާ މެންބަރެއްކަމުގައިވުން
އެ ޕާޓީން ބުނީ ހުސްވެފައިވާ މަގާމްތަކަށް ކުރިމަތި ލާން ބޭނުންވާ މެންބަރުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު 07 ޖުލައިގެ މެންދުރު 2:00 ގެ ކުރިން ހުށަހެޅުމަށް އެދެ ކަމަަށެވެ.
+1
+1
+1
+1
+1
+1