ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ވިނަރެސް ފްލެޓުތައް ކައިރީގައި ކައިރީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރެއް ކޮންޓްރޯލް ނުވެ ގޮސް މަގުގެ އެއް ފަރާތުގައި މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލުގައި އިން މީހާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓުގެ ސީސީޓީވީ ވީޑީއޯއެއް މިހާރު މީސް މީޑީއާގައި ދައުރުަމުން އަންނަ ވީޑިއޯއެއް ފެންނަ ގޮތުގައި ކާރު އައިސް ސައިކަލުގައި ޖެހުމުން ސައިކަލުގެ އިން މާހާ ވިއްސައިގެން ގޮސް ބޮޑެތި އަނިޔާތަކެއް ލިބޭ މަންޒަރު ފެނެއެވެ.
ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.