މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ޕްރިޒަން ޕްރައިވެޓްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އެ މަގާމަށް ހޯދަނީ އުމުރުން 18-35 އަހަރާ ދެމެދުގެ ޒުވާނުންނެވެ.
މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ސާނަވީ އިމްތިހާނަކުން މަދުވެގެން 2 މާއްދާއިން ދައްވެގެން 'ޑީ' ފާސް ލިބިފައިވުމާއެކު، ދިވެއްސާއި އިސްލާމް މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން ނުވަތަ ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުން ހުރި ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން ހިމެނެ އެވެ.
މުސާރަ އަކީ މަހަކު 6،050ރ. އެވެ. އަދިސާވިސް އެލަވަންސް ގެ ގޮތުގައި މަހަކު 3،500ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 2500ރ. ވެސް ލިބޭނެ އެވެ.
ވަޒީފާތަކަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ އަންނަ މަހުގެ 16 އާ ހަމައަށެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު 3026114 އިން މި ނަމްބަރަށް 9112451 ވައިބާކޮށްގެން ހޯދޭނެ އެވެ.
ކަރެކްޝަންސް އިން ބުނީ މަގާމުތަކަށް މީހުން ހޮވުމުގައި ހަށިހެޔޮކަން ދެނެގަތުމަށް ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވާ ފަރާތަކާއި މެޑިކަލް އެގްޒަމިނޭޝަން، އިންޓަވިއުގެ އިތުރުން ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށެވެ.