ރާއްޖޭގެ 57 ރަށެއްގައި ޕަބްލިކް ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ބޯހިޔާވެހިކަމުގެ މަޝްރޫޢެއް ހިންގަން ނިންމައިފިއެވެ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ އެދުމުގެ މަތިން، ރާއްޖޭގެ 57 ރަށެއްގައި ޕަބްލިކް ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ބޯހިޔާވެހިކަމުގެ މަޝްރޫޢުއެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި މަޝްރޫޢުގައި ހިމެނެނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 12،000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓު ރާއްޖޭގެ 57 ރަށެއްގައި ޤާއިމްކުރުމުގެ މަސައްކަތެވެ.
މާލީ ވުޒާރާއިން ބުނީ މި މަޝްރޫޢުގެ ދަށުން އިޢުލާނު ކުރުމަށް ހަމަޖެހިފައިވާ ކޮންޓްރެކްޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އާއި ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ.) އުސޫލުތަކާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބާބު 10 ގައި ބަޔާންކުރާ ހަމަތަކުގެ މަތިން ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ހައުސިންގ ޔުނިޓުތައް އިމާރާތްކުރާނީ އަންނިވި ހަތަރު ކެޓަގަރީއަށް ބަހާލައިގެންނެވެ.
ކެޓަގަރީ 1 - 50 އަދި 50 އިން ދަށުގެ ހައުސިން ޔުނިޓް އިމާރާތްކުރާ ރަށްތައް
- އދ. ދިގުރަށް - 30 ހައުސިން ޔުނިޓް
- ހއ. ކެލާ - 50 ހައުސިން ޔުނިޓް
- ހއ. އުތީމު - 50 ހައުސިން ޔުނިޓް
- ހދ. ކުރިނބީ - 50 ހައުސިން ޔުނިޓް
- ށ. ކޮމަންޑޫ - 50 ހައުސިން ޔުނިޓް
- ނ،. މަނަދޫ - 50 ހައުސިން ޔުނިޓް
- ނ. މިލަދޫ - 50 ހައުސިން ޔުނިޓް
- ރ. އިންނަމާދޫ - 50 ހައުސިން ޔުނިޓް
- ރ. ރަސްމާދޫ - 50 ހައުސިން ޔުނިޓް
- ޅ. ކުރެންދޫ - 50 ހައުސިން ޔުނިޓް
- ކ. ގޮއިދޫ - 50 ހައުސިން ޔުނިޓް
- މ. ކޮޅުފުށި - 50 ހައުސިން ޔުނިޓް
- ތ. ހިރިލަންދޫ - 50 ހައުސިން ޔުނިޓް
- ގއ. ގެމަނަފުށި - 50 ހައުސިން ޔުނިޓް
- ގއ. ކޮލަމާފުށި - 50 ހައުސިން ޔުނިޓް
- ގދ. ހޯޑެއްދޫ - 50 ހައުސިން ޔުނިޓް
- ގދ. ފަރެސްމާތޮޑާ - 50 ހައުސިން ޔުނިޓް
- ގދ. ފިޔޯރި - 50 ހައުސިން ޔުނިޓް
ކެޓަގަރީ 2 - 51 - 150 އާ ދެމެދުގެ ހައުސިން ޔުނިޓް އިމާރާތްކުރާ ރަށްތައް
- ހދ. ނެއްލައިދޫ - 60 ހައުސިން ޔުނިޓް
- މ. ދިއްގަރު - 75 ހައުސިން ޔުނިޓް
- ހއ. އިހަވަންދޫ - 100 ހައުސިން ޔުނިޓް
- ހދ. މަކުނުދޫ - 100 ހައުސިން ޔުނިޓް
- ނ. ކެނދިކުޅުދޫ - 100 ހައުސިން ޔުނިޓް
- ރ. މަޑުއްވަރި - 100 ހައުސިން ޔުނިޓް
- ރ. އިނގުރައިދޫ - 100 ހައުސިން ޔުނިޓް
- ބ. ތުޅާދޫ - 100 ހައުސިން ޔުނިޓް
- ޅ. ހިންނަވަރު - 100 ހައުސިން ޔުނިޓް
- ތ. ވިލުފުށި - 100 ހައުސިން ޔުނިޓް
- ގދ. ގައްދޫ - 100 ހައުސިން ޔުނިޓް
- ސ. މަރަދޫ - 100 ހައުސިން ޔުނިޓް
- ސ. މަރަދޫފޭދޫ - 100 ހައުސިން ޔުނިޓް
- ސ. ހުޅުދޫ - 100 ހައުސިން ޔުނިޓް
- ސ. މީދޫ - 100 ހައުސިން ޔުނިޓް
- ށ. ފޯކައިދޫ - 150 ހައުސިން ޔުނިޓް
- އދ. މަހިބަދޫ - 150 ހައުސިން ޔުނިޓް
ކެޓަގަރީ 3 - 200 - 250 އާ ދެމެދުގެ ހައުސިން ޔުނިޓް އިމާރާތްކުރާ ރަށްތައް
- ހއ. ދިއްދޫ - 200 ހައުސިން ޔުނިޓް
- ހއ. ހޯރަފުށި - 200 ހައުސިން ޔުނިޓް
- ށ. މިލަންދޫ - 200 ހައުސިން ޔުނިޓް
- ރ. ދުވާފަރު - 200 ހައުސިން ޔުނިޓް
- ފ. ނިލަންދޫ - 200 ހައުސިން ޔުނިޓް
- ދ. މީދޫ - 200 ހައުސިން ޔުނިޓް
- ގދ. މަޑަވެލި - 200 ހައުސިން ޔުނިޓް
- ސ. ފޭދޫ - 200 ހައުސިން ޔުނިޓް
- ގއ. ވިލިނގިލި - 225 ހައުސިން ޔުނިޓް
- ހދ. ނޮޅިވަރަންފަރު - 250 ހައުސިން ޔުނިޓް
ކެޓަގަރީ 4 - 300 އިން މަތީގެ ހައުސިން ޔުނިޓް އިމާރާތްކުރާ ރަށްތައް
- މ. މުލި - 300 ހައުސިން ޔުނިޓް
- ޅ. ނައިފަރު - 400 ހައުސިން ޔުނިޓް
- ހދ. ހަނިމާދޫ - 500 ހައުސިން ޔުނިޓް
- ރ. އުނގޫފާރު - 500 ހައުސިން ޔުނިޓް
- ދ. ކުޑަހުވަދު - 500 ހައުސިން ޔުނިޓް
- ލ. ގަން - 500 ހައުސިން ޔުނިޓް
- ލ. ފޮނަދޫ - 500 ހައުސިން ޔުނިޓް
- ގދ. ތިނަދޫ - 500 ހައުސިން ޔުނިޓް
- ޏ. ފުވައްމުލަށް - 500 ހައުސިން ޔުނިޓް
- ސ. ހިތަދޫ - 500 ހައުސިން ޔުނިޓް
- ކ. ތުލުސްދޫ - 550 ހައުސިން ޔުނިޓް
- ހދ. ކުޅުދުއްފުށި - 2،000 ހައުސިން ޔުނިޓް
އެ އިޢުލާނުގައިވާ ގޮތުން ޕްރީ-ކޮލިފިކޭޝަން ޕްރޮސެސްއެއް މެދުވެރިކޮށް އޯޕަން ނޭޝަނަލް އަދި އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އަށް ހުޅުވާލެވޭ ކޮންޓްރެކްޓްތަކަށް ޚާއްޞަ ޕްރޮކިއުމަންޓް ނޯޓިސްތައް އަންނަ ފެބުރުވަރީ މަހުގެ ތެރޭގައި އިޢުލާންކުރާނެއެވެ.